ﷲ ތިބާއާއިމެދު ރުހިވޮޑިގަތުމުން އެނިޢުމަތް އަމިއްލައަށް ނަގާލާ މީހަކަށް ނުވާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ﷲ ތިބާއާއިމެދު ރުހިވޮޑިގަތުމުން އެނިޢުމަތް އަމިއްލައަށް ނަގާލާ މީހަކަށް ނުވާށެވެ!: މުފްތީ މެންކް

ވަޒީފާއެއް ނުލިބި ލަސްވުމުން، ވަޒީފާ ގެއްލުމުން، ޢާއިލާގެ މީހަކު މަރުވުމުން، ބައްޔެއްގައި އުޅެންޖެހުން ފަދަ ކަންކަން ކުރިމަތިވުމުން ބައެއް މީހުންނަށް އެބަ ބުނެވެއެވެ. 

"އަހުރެން ފަރުޟު ނަމާދުތައް ކުރަމެވެ. ސުންނަތް ނަމާދުތައްވެސް ކުރަމެވެ. އަދި ދަމުނަމާދުވެސް ކުރަމެވެ. ޞަދަޤާތް ދެމެވެ. މީހުންނަށް ހެޔޮކޮށް ހިތަމެވެ. ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރަމެވެ. އެހެންކަމަށްވާއިރު އަހުރެންނަށް މިކަންކަން ނުވަތަ މިދަތިޙާލު ޖައްސަވަނީ ކީއްވެގެން ހެއްޔެވެ؟" 

ބުނަންހެއްޔެވެ؟ އިންށާނުންނަށް އިމްތިޙާންތައް ކުރިމަތިކުރައްވަވަނީ އެއްވެސް ޙާލެއްގައި އެމީހަކު ނުބައި ކަންކަންކޮށް، ނުބައި ގޮތްގޮތަށް އުޅޭތީއެއް ނޫނެވެ. އަދި އަޅުކަންނުކުރާތީއެއްވެސް ނޫނެވެ. އެއީ ﷲ ގެ ވަޙީ ބަސްފުޅުންނާއި ޙަދީޘް ބަސްފުޅުތަކުން އެނގެން އޮތް ކަމެކެވެ. 

ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ ބޮޑެތި މުޞީބާތްތައް ކުރިމަތިކުރައްވަވައިގެން އިމްތިހާން ކުރައްވަވާނެ ކަމަށެވެ. އުފާވެރި ޚަބަރު ދެއްވަވާފައިވަނީ ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމައެވެ. އެއީ ﷲ ތަޢާލާ އެމީހަކު ދެކެ ލޯބިވެވޮޑިގަތުން އިތުރުކުރައްވަވާރަކަށް، ލޯބިވެވަޑައިގަންނަވާ އަޅުނަންނަށް ކުރިމަތިކުރައްވަވާ އިމްތިޙާންތައް ގިނަވެފައި ބޮޑެތިވާނެކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތުމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެކުވެރި މިތުރުންނޭވެ! މިކަންކަން ވިސްނައިދޭން މިހާގިނައިން ވާހަކަދައްކަން މިޖެހެނީ މިހާވަރަށް ވިސްނައިދެމުން ގެންދާއިރުވެސް ގިނަ ބައަކު ކޮންމެ ދުވަހަކުހެން ސުވާލުތައް ކުރާތީއެވެ. 

ބުނެލަން އޮތީ އިމްތިޙާންތައް ކުރިމަތިކުރެއްވެވުމުން އުފާކުރާށެވެ! އެއީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިމާއާއިއެކުގައިވާކަން އަންގައިދޭކަމެކެވެ. އެކަމަށް ޝަކުވާކުރުންވާނީ އެމަތިވެރި ނިޢްމަތް އަމިއްލައަށް ގެއްލުވައިލުން ފަދަ ކަމަކަށެވެ. ކެތްތެރިވެލައި ޘާބިތުވާށެވެ. ލައްވަވާ ރަހްމަތް މާބޮޑުވާނެއެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން