ހެޔޮކޮށް ހިތުމުގަ ޔަތީމުންނަށާ ހުވަފަތް އަންހެނުންނަށް އިސްކަންދޭތި! އެއަށްވުރެ ގިނަ ޘަވާބު ދެއްވަވާ ޢަމަލެއް ފެނިފައެއް ނެތް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ހެޔޮކޮށް ހިތުމުގަ ޔަތީމުންނަށާ ހުވަފަތް އަންހެނުންނަށް އިސްކަންދޭތި! އެއަށްވުރެ ގިނަ ޘަވާބު ދެއްވަވާ ޢަމަލެއް ފެނިފައެއް ނެތް!: މުފްތީ މެންކް

މީސްތަކުންނޭވެ! ހުވަފަތް ޙާލުގައި ތިބި އެތައްހާސް އަންހެނުންނާއިމެދު ވިސްނައިލާށެވެ. އެއިގެ ތެރެއިން ގިނަ ބައަކު އެތިބީ ކާނެ އެތިކޮޅެއް ލިބޭނެ ގޮތަކާއިމެދު ކަންބޮޑުވެފައެވެ. ދިރިއުޅޭތަނުގެ ކުލި ދެއްކޭނެ ގޮތެއް ނެތިފައެވެ. އެފަދަ އަންހެނުންނާއި ކައިވެނިކުރާށެވެ! އެމީހުންނަށް އެހީތެރިވާށެވެ. އެކަމުގެ ފައިދާ ދެދުނިޔޭގައިވެސް އެމީހަކަށް ލިބޭނެއެވެ! އިން ޝާ ﷲ

މީސްތަކުންނޭވެ! މީހަކަށް އެހީތެރިވާނަމަ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވާށެވެ. ސޫރަތުއްނިސާގައި އަންހެނުންނާއި ޔަތީމުންނާއި ހުވަފަތް އަންހެނުންނާއިމެދު ވަޙީކުރައްވަވާފައިވާ އާޔަތްތައް ކިޔައިބަލާށެވެ.

ބައެއް އަންހެނުން ހުވަފަތްވުމުން އިތުރު ކައިވެންޏެއް ނުކުރަން ޤަޞްދުކުރެއެވެ. އެއީ ނުރަނގަޅު ނިންމުމެކެވެ. އެއީ ރަނގަޅު ނިންމުމެއް ނޫނެވެ. އެހާލަތުގައި ކައިވެނިކުރަން ހިތްވަރުދީ ކައިވެނިކުރަން ބާރުއަޅަންވާނެއެވެ. އެކަމުގައި އެހީތެރިވާން ވާނެއެވެ.

މިހާރަކަށް އައިސް އަހަރެމެންގެ ފިރިހެންދަރިން ހުވަފަތް އަންހެނުންނާއި ކައިވެނިކުރަން އެބަ ދެކޮޅު ހަދަމުއެވެ. އެއީ ކުރަން ރަނގަޅުނޫން ކަމެއް ކަމަށް އެބަ ދެކެމުއެވެ. އެއީ ކޮންފަދަ ނުބައި ނިންމުމެއް ހެއްޔެވެ؟ އަހަރެމެންގެ ލޮބުވެތި ރަސޫލާ ގެ އެންމެ ކައިވެނިފުޅެއް ފިޔަވައި ދެން ކައިވެނިފުޅު ކުރައްވަވާފައިވަނީ އެފަދަ އަންހެނުންނާއިއެވެ.

އެއްކަމަކަށް އެންމެ މަތިވެރި ޘަވާބާއި ދަރުމަ ﷲ ތަޢާލާގެ ޙަޟްރަތުން ލިބޭނެކަމަށް އަހުރެންނަށް އަޑުއިވިފައިވާ ޙަދީޘްފުޅުގައިވަނީ އެއީ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެދީ ބެލެހެއްޓުން ކަމަށެވެ. އެކަމުން ދެއްވަވާ ޘަވާބާއި މުޅި ދުވަހު ނަމާދުކުރުމާއި މުޅިރޭގަނޑު ރޭއަޅުކަންކުރުމާއި އެއްފަދައެވެ. ވީމާ މިއަސްވުރެ ގިނަ ޘަވާބާއި ދަރުމަ ލިބެންއޮތްކަމެއް އަހުރެންނަށް ފެންނާކަށް ނެތެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން