ދަރިންގެ ހިތުގައި ނަމާދުކުރަން ޝައުޤުވެރިކުރުވަން ކުރެވިދާނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދަރިންގެ ހިތުގައި ނަމާދުކުރަން ޝައުޤުވެރިކުރުވަން ކުރެވިދާނެ ބައެއް ކަންކަން-

ފަށަމުންވެސް ފާހަގަކޮށްލާނަމެވެ. ބަންގިގޮވުމުން ފިރިހެން ދަރިން ގޮވައިގެން މިސްކިތުގެ ޖަމާޢަތަށް ދިއުމަށް އަވަސްވެގަތުމަކީ ކޮންމެ ބައްޕައެއްގެ މައްޗަށްވެސް އޮތް އެންމެ ބޮޑު ވާޖިބެވެ. އެހެންކަމާއިއެކުވެސް ބައްޕައަށް އެމަސްއޫލިއްޔަތު އަދާކުރަން ހުރަސްތައް ހުރިނަމަ ފިރިހެންދަރިންނާއި އަންހެން ދަރިން ލައްވައި ގޭގައި ނަމާދުކުރުވުމަކީ މަންމައިން ކުރަންޖެހޭނެ ކަމެކެވެ.

ގޭގެ އެންމެން ނަމާދުކުރާނަމަ އެގެއެއްގައި މައްސަލަތައް މަދުވާނެއެވެ. ފިތުނަވެރިކަން ކުޑަވާނެއެވެ. ޙަސަދަވެރިކަން ނުވެސް އޮންނާނެއެވެ. އަދި ތަނަވަސްކަން އިތުރުވާނެއެވެ. ސަބަބަކީ އެގެއަކަށް ރަޙްމަތުގެ މަލާއިކަތުން ގިނަގިނައިން ވަޑައިގަންނަވާނެ ކަމެވެ. ރަޙްމަތް އިތުރުވާނ ކަމެވެ. ވީމާ އުފާވެރި ދރއުޅުމަކަށް އެދޭނަމަ ގޭގެ އެންމެންވެސް ނަމާދުކުރަންވާނެއެވެ! ނަމާދު ނާޅައި ނަމާދު ޤާއިމްކުރަންވާނެއެވެ.

ދަރިންގެ ހިތުގައި ނަމާދުކުރަން ޝައުޤުވެރިކަން އުފައްދުވަން ބޭނުންނަމަ ކުރެވިދާނެ އެއް ކަމަކީ ގޭގައި ނަމާދުކުރާނެ ވަގުތުތައް ކަނޑައެޅުމެވެ. އެގޮތަށް ވަގުތު ކަނޑައެޅުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކޮންމެ ނަމާދުވަގުތަކަށް ހުރިހާ އަންހެނުންނަށް (މައިންނަށް) ތައްޔާރު ނުވެވިދާނެކަމެވެ. ތައްޔާރުވެވޭނެނަމަ އެންމެ ރަނގަޅު ގޮތަކީ ވަޤުތު ޖެހުމުން ވަގުތުން ނަމާދުކުރުމެވެ.

ގޭގައި ނަމާދުކުރާނެ ވަގުތު ކަނޑައަޅައިފިނަމަ އެވަގުތައް ސަމާލުކަންދީގެން ގޭގައި ތިބޭ ހުރިހާ އަންހެނުން ކުދިން ގޮވައިގެން ޖަމާއަތެއްގެ ގޮތުގައި ނަމާދުކުރުމަކީ ނަމާދުކުރުމުގެ މުހިންމުކަން ކުދިންގެ ހިތަށް ވަންނާނެ ކަމެކެވެ. ނަމާދުކުރަން ޝައުޤުވެރިކަން އިތުރުވާނެ ކަމެކެވެ.

ހަމައެއާއެކު ގޭގެ ކަންކަން ހުންނަގޮތުން އަދި ޙާލަތުވެސް ހުންނަގޮތުނަ އެކުގައި ނަމާދުކުރެވެން ނުހުންނަ ގޭގޭގައިވެސް މައިން މަސައްކަތްކުރަންވާނީ އެންމެ ކުޑަމިނުން ދަރިފުޅު ގޮވައިގެން ނަމާދުކުރެވޭތޯއެވެ. ދަރިފުޅާ! އަވަހަށް ނަމާދުކުރާށޭ! ބުނުމުގެ ބަދަލުގައި ދަރިފުޅާއޭ! ނަމާދުކުރަން އަންނާށޭ! ބުނެވޭނަމަވެސް ނަމާދުކުރަން ދަރިންގެ ޝައުޤުވެރިކަން އިތުރުވާނެއެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން