ބައްލަވަ! ސަމާލުވެލައްވާ! މިގޮތަށް ދެފައިތިލަ އެކީގައި ބިންމަތީގައި ނުޖައްސާ ކުރާ ސަޖިދަ ޞައްޙައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 38ސ
ބައްލަވަ! ސަމާލުވެލައްވާ! މިގޮތަށް ދެފައިތިލަ އެކީގައި ބިންމަތީގައި ނުޖައްސާ ކުރާ ސަޖިދަ ޞައްޙައެއް ނުވާނެ!

ދެފައިތިލަ އެކީގައި ބިންމަތީގައި ނުޖައްސާ ކުރާ ސަޖިދަ ޞައްޙައެއް ނުވާނެ! 

މިއީ ވަރަށް ގިނައިން ފެންނަ މަންޒަރެކެވެ! މިގޮތަށް އެއްފައިތިލަ ތަޅުމުގަ ނުޖައްސާ އަނެއް ފައިތިލަ މަތީގައި ބާއްވައިގެން ސަޖިދަ ކުރާ ނަމަ އެ ސަޖިދައެއް ޞައްޙަ ނުވާނެއެވެ. ސަޖިދަ ޞައްޙަ ނުވާނަމަ ނަމާދު ޞައްޙައެއް ނުވާނެއެވެ.

ސަޖިދަ ޞައްޙަ ވާނީ، ނޭފަތާއި ނިތްކުރިއާއެކު 7 ގުނަވަން ބިންމަތީގައި (ނަމާދު ކުރާ ހުންނަ ތަނުގައި) އެއްފަހަރާ ޖައްސައިގެން އެ ރުކުން އަދާ ކުރުމުންނެވެ. 

އެއްފައިތިލަ ނުޖައްސާނަމަ ސަޖިދަ އެކުރެވެނީ 7 ގުނަވަނުގެ ބަދަލުގައި 6 ގުނަވަން މަތީގައެވެ. 

- ޝައިޚް ޙުސައިން އަންޞާރު

ގުޅުންހުރި ވީޑިއޯ: ކޮންމެވެސް ބައްލަވާލައްވާތި!

 

މިއަދު އޮންލައިން