އަމިއްލަ ޢާއިލާގެތެރެއިންކަމަށްވިޔަސް ހިތްހަމަނުޖެހޭ ކަމެއް ފެންނައިރަށް ތެޅިފޮޅިނުގަންނާށެވެ! ﷲ އެންމެ މަތިވެރި ކުރެއްވެވި ބޭކަލުންގެ ޢާއިލާތެރެއިން ކަންކަން މެދުވެރިވެވަޑައިގެންނެވިއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
އަމިއްލަ ޢާއިލާގެތެރެއިންކަމަށްވިޔަސް ހިތްހަމަނުޖެހޭ ކަމެއް ފެންނައިރަށް ތެޅިފޮޅިނުގަންނާށެވެ! ﷲ އެންމެ މަތިވެރި ކުރެއްވެވި ބޭކަލުންގެ ޢާއިލާތެރެއިން ކަންކަން މެދުވެރިވެވަޑައިގެންނެވިއެވެ!

ޢާއިލާގެ ތެރެއިން ކަމެއް ދިމާވާއިރަށް އެއީ ކެތްތެރިނުވެވޭނެ ވަރުގެ ބޮޑުކަމެއް ކަމަށް ނުނިންމާށެވެ. އިންސާނުންގެ ތެރެއިން ﷲ ތަޢަލާ އެންމެ މަތިވެރި ކުރެއްވެވީ ރަސޫލް ބޭކަލުންނެވެ. އެބޭކަލުންނަށްވެސް އަމިއްލަފުޅު ޢާއިލާގެ ތެރެއިން މައްސަލަތައް ކުރިމަތިވެވަޑައިގެންނެވިއެވެ.

ޔަޢްޤޫބްގެފާނަށް ދަރިދަރިކަލުންގެ ސަބަބުންނެވެ. ނޫޙްގެފާނަށް ދަރިކަލެއްގެ ފުށުންނެވެ. އިބްރާހީމްގެފާނަށް ބައްޕާފުޅުގެ ސަބަބުންނެވެ. ލޫޠުގެފާނަށް އަނބިކަނބަލުންގެ ސަބަބުންނެވެ. މިފަދަ އެތައް ކަމެއް ސިޔަރަތުން ފެންނަން އެބައޮތެވެ.

އަހަރެމެންނަކީކޮންބައެއް ހެއްޔެވެ؟ އަހަރެމެންނަށްވެސް ކަންކަން ކުރިމަތިވާނެއެވެ. ވީމާ ކަމެއް ކުރިމަތިވާނެއެވެ. އަނބިންގެ ކިބައިންވެސް ފިރިންގެ ކިބައިންވެސް އަދި ދަރިންގެ ކިބައިންވެސްމެއެވެ. އެހެން މީހުންގެ ކިބައިންވެސްމެއެވެ.

ކެތްތެރިކަން އިސްކޮށް ޙައްލުކުރަން މަސައްކަތްކުރާށެވެ! އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދޭށެވެ. ހިތްވަރުދެއްވަވާނެއެވެ! މަގުވެސް ދައްކަވާނެތެވެ! އިން ޝާ ﷲ

--ޔާސްމީން މިގަހިދު

މިއަދު އޮންލައިން