مُسْلِمْ އަޚުންނޭވެ! رَمَضَانމަހުގެ ރޯދަހިފުމަކީ، ކޮންމެ ދުވަހަކު ކުރާ އަޅުކަމަކަށްވެފައި، އެއަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފްސު ހޭނުވުމަކީ ކޮންމެހެން ބޭނުންކަމެކެވެ. އެހެން ކަމުން شَـعْباَنމަހު ސުންނަތް ރޯދަ ހިފުމަކީ، އެދެވިގެންވާ ކަމެކެވެ. ކީރިތި ރަސޫލާ z ގެ މާތް އަޞްޙާބުބޭކަލުންނާއި، އެބޭކަލުންނަށް ތަބަޢަވީ ބޭކަލުން، ހެޔޮޢަމަލު ކުރެއްވުން މިފަދަ ދުވަސްތަކުގައި ގިނަކުރައްވާފައި ވެއެވެ. އެބޭކަލުން ހިންގެވި މަގުން ހިނގައި، ސަވާބައި ދަރުމަ ލިބިގަތުމަށް ތިޔަބައިމީހުން އަވަސްވާށެވެ! އަޅަމެން ކުރާ ހެޔޮ ޢަމަލުގައި މާތް الله ބަރަކާތް ލައްވާށިއެވެ!
مُسْلِمْ އަޚުންނޭވެ! މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫނެވެ. مُسْلِمُންނަކީ ޢަޤީދާއާއި ޢަމަލުން مُسْلِمُންނަށް ވާންޖެހޭ ބައެކެވެ. ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭބަޔަކީ މުނާފިޤުންނެވެ. މުނާފިޤުންނާ ބެހޭގޮތުން މާތް الله ވަޙީ ކުރައްވާފައި ވެއެވެ. ---- މާނައީ: "ހަމަކަށަވަރުން، مُنَافِقُން ވާހުށީ، ނަރަކައިގެ އެންމެ ދަށު ވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نَصْرُވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ."
މާތް الله ގެ އަޅުތަކުންނޭވެ! ސުވަރުގެއަށް ދިޔުމަށް މަގުކޮށާކަމުގައި ވާނަމަ، ކީރިތި ޤުރްއާނާއި މާތް ނަބިއްޔާ z ގެ ސުންނަތަށް ޢަމަލު ކުރާށެވެ! ތިމަންނައަށް ނޭނގެއޭ ބުނެ ބަރަކާތާއި ރަޙްމަތުގެ ދުވަސްތައް ނަގައި ނުލާށެވެ! ދަންނަ މީހުންކުރެ އަހައި އޮޅުންފިލުވާށެވެ! އިސްލާމްދީނުގެ ޙުކުމްތަކާއި ދަރުސްތައް އަޑުއަހައި ތިމާގެ އަމިއްލަ ނަފްސު އިސްލާމީ ޢިލްމުން މުއްސަނދިކޮށް، ޒީނަތްތެރި ކުރާށެވެ! އިންސާނުންނަކީ އަބަދާއި އަބަދު ހަނދާން އާކުރުމަށް ބޭނުންވާ ބައެކެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ. ﮋﭭﭮﭯﭰﭱﮊ[1] މާނައީ: "ކަލޭގެފާނު ހަނދާން ކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށް ދިނުމަކީ، مُؤْمِنُންނަށް މަންފާކުރާނޭ ކަމެކެވެ." މިފަދަ ބަސްފުޅުތައް އަހައި ތިމާގެ ޢަމަލުތައް ސީދާކުރާށެވެ! ބަރަކާތުގެ ދުވަސްތަކާއި ރޭތަކުގެ މާތްކަން އަޅަމެންނަށް މިންވަރު ކުރައްވައި، މާތް الله އަޅަމެން އެންމެންނަށް ރަޙްމަތް ލައްވާށި!