ޝައިޠޯނާގެ ބިޔަ ލަޝްކަރުގެ ކިބައިން ސަލާމަތްވާން ކުރަންޖެހޭ ކަންކަން އެބަކުރެވޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޝައިޠޯނާގެ ބިޔަ ލަޝްކަރުގެ ކިބައިން ސަލާމަތްވާން ކުރަންޖެހޭ ކަންކަން އެބަކުރެވޭހެއްޔެވެ؟

ކޮންމެ މީހަކު ވެސް އެދުވަހަކު ކުރާނެ މަސައްތައް ރާވައެވެ. މުވައްޒިފުން ގެންގުޅޭ މީހަކު ނަމަ އެދުވަހަކު ކުރާނެ މަސައްކަތްތައް މުވައްޒިފުންނާއި ޙަވާލުކުރެއެވެ. ހަމަ އެފަދައިން އިބިލީސް ވެސް ކޮންމެ ދުވަހަކު ހެނދުނު އޭނާގެ ބިޔަ ލަޝްކަރު އެއްކޮށް ކުރާނެ މަސައްކަތްތައް ހަވާލުކުރެއެވެ.

ލަޝްކަރު އެއްކުރުމަށްފަހު އިބިލީސް ބުނެއެވެ. ކަލޭމެންގެތެރެއިން މީހަކު މުސްލިމަކު މަގުފުރައްދައިފިނަމަ އެމީހެއްގެ ބޮލުގައި ތާޖް ބަހައްޓައިދޭނަމެވެ. އެ ތާޖް ޙާޞިލުކުރަން ޝައިޠާނާގެ އެ ބިޔަ ލަޝްކަރުގައި ހިމެނޭ ހުރިހާ ޝައިޠާނުން ގަދައަޅައި މަސއްކަތް ކުރާނެއެވެ.

ވީމާ މީސްތަކުންނަށް އޮތީ އެކަމުން ސަލާމަތްވެ ސާބިތުކަމާއިއެކު އިސްލާމް ދީނުގައި ތިބުމަށް ގަދައަޅައި މަސައްކަތް ކުރުމެވެ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ކިޔުންމަތީގައި ދެމިތިބުމަކީވެސް ޝައިޠާނުންގެ ކިބައިން ސަލާމަތްވުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ހަމަ އެއާއިއެކު ފަރުޟު 5 ނަމާދު ޤަވާއިދުން ކުރުމަކީވެސް ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ފަރުޟު 5 ނަމާދު ބަރާބަރަށް ކުރުމަށެވެ.

މީސްތަކުންގެ އެންމެ ބޮޑު ދުޝްމިނަކީ އިބިލީހެވެ. އެއީ އެންމެހައި މީސްތަކުންގެމައްޗަށް ކަނޑައެޅިގެން ހުރިނ ޢަދާވާތްތެރިއަކުކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ.

އެނެމެހައި މީސްތަކުން މަގުފުރައްދާނެ ކަމަށް އިބިލީސް ﷲ ތަޢާލާގެ ކުރިފުޅުމަތީގައި ވަނީ ވަޢުދުވެފައެވެ. ވީމާ ﷲ ތަޢާލާގެ މަގުގައި ފިސާރި ސާބިތުވެ ހުރި މީހަކަށް ނޫނީ ސަލާމަތްކަމެއް ނެތެވެ. މީސްތަކުންނަށް އެކަން ބަޔާންކޮށް ދެއްވެވުމަށްޓަކައި ﷲ ތަޢާލާ ވަނީ އެކަން ކީރިތި ޤްރްއާނުގައި ބަޔާންކުރައްވަވައިފައެވެ. އެހެންކަމާއިއެކުވެސް އިބިލީހުގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް އެބަ ކުރެވޭ ހެއްޔެވެ؟

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން