ކުރަން ބޭނުންވާ ދުޢާ ހިތުން ނޭނގޭނަމަ ނަމާދުގައި ގަނޑެއް ބަލައިގެން ދުޢާ ކިޔުން-

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކުރަން ބޭނުންވާ ދުޢާ ހިތުން ނޭނގޭނަމަ ނަމާދުގައި ގަނޑެއް ބަލައިގެން ދުޢާ ކިޔުން-

ރަމަޟާން މަސް ގާތްވަމުން އަންނަނީއެވެ. ކުރަން ބޭނުންވާ ދުޢާތައް ހިތުދަސްކުރަން މިހާރުވެސް މާލަސްވެއްޖެއެވެ. އަވަހަށް މަސައްކަތްފަށާށެވެ. 

ޢުމުރުން ދުވަސްވުމުގެ ސަބަބުންނަވެސް އެހެން ސަބަބުތައް މެދުވެރިވެގެން ނަމަވެސް ކުރަން ބޭނުންވާ ބައެއް ދުޢާތައް ހިތުން ނުދަންނަ މީހަކުނަމަ ނަމާދުގައި ދުޢާ ލިޔެފައިވާ ގަނޑެއް ބަލައިގެން ކީދާނެ ކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވާތީ ދަންނަވަމެވެ. ބައެއް މަޤާމްތަކުގައި ކީދާނެއެވެ. ތިރީގައިވާ ލިޔުމުން އިތުރު ތަފްޞީލް ލިބިވަޑައިގަންނަވާނެއެވެ. 

"މީހަކަށް ދުޢާތައް ދަސްވެފައި ނުވާނަމަ، އެ ދުޢާތައް ގަނޑެއްގައި ލިޔެގެން ދުޢާކުރަންޖެހޭ ވަޤުތުތަކުގައި އެދުޢާތައްކުރުމަކީ މައްސަލައެއް ނޫނެވެ.  އެއީ މިސާލަކަށް ރޭގަނޑުގެ (ތިން ބައިން) ފަހުބައިގައާއި ރޭގަނޑުގެ އެކި ވަޤުތުތަކާ އަދި އެނޫންވެސް ވަޤުތުތަކުގައެވެ. ދަތިކަމަކަށް ނުވާނަމަ، އެންމެ ފުރިހަމަ ގޮތަކީ އެދުޢާތައް ހިތުދަސްކޮށްގެން ޚުޝޫޢަތްތެރިކަމާއެކު ކިޔުމެވެ. 

ނަމާދުގައި އެފަދައިން ދުޢާކުރުމާމެދު ދަންނައެވެ. އެންމެ މޮޅު އިތުރު ގޮތަކީ ދުޢާތައް ހިތުދަސްކޮށްގެން، ކުރު ދުޢާތައް ކިޔުމެވެ. 

މިޘާލަކަށް އައްތަޙިއްޔާތުގައި ނުވަތަ ދެސަޖިދަ ދެމެދުގައި ގަނޑެއްބަލައިގެން ދުޢާކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ދުޢާތައް ހިތުދަސްކުރުމަކީ ޚުޝޫޢަތްތެރިކަމާ އެންމެ ގާތްކަންބޮޑުގޮތެވެ. 

والله ولي التوفيق.

سماحة الشيخ عبدالعزيز بن بازرحمه الله

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

___________________________________

[1] نشر في كتاب الدعوة ج1 ص72 

- މަސްދަރު: ދިސަލަފިއޔާ

 

 

މިއަދު އޮންލައިން