ދެމަފިރިންގެ މެދުގައި ކިތަންމެ ކުޑަނަމަވެސް މައްސަލައެއް ޖެހޭއިރަށް އެކަމުގެ ތެރެއަށް މައިންބަފައިން ވަނުމުގެ ޤާނޫނު! ޚިލާފްވާ މައިންބަފައިންނަށް ޝެއާކޮށްލާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދެމަފިރިންގެ މެދުގައި ކިތަންމެ ކުޑަނަމަވެސް މައްސަލައެއް ޖެހޭއިރަށް އެކަމުގެ ތެރެއަށް މައިންބަފައިން ވަނުމުގެ ޤާނޫނު! ޚިލާފްވާ މައިންބަފައިންނަށް ޝެއާކޮށްލާ!

ޤާނޫނަކީ ހަމައެކަނި ޤާނޫނު އަސާސީގައި ލިޔެވިފައިވާ ކަންކަމެއް ނޫނެވެ. ދެމަފިރިންގެ ދިރިއުޅުމާއި ބެހޭ ކަންކަމުގައިވެސް ޤާނޫނުތަކެއް ހުރެއެވެ. އެހެންކަމުން މިކިޔައިދެނީ ދެމަފިރިންގެ މެދުގައި ޖެހޭ އާދައިގެ ކަންކަމުގެ ތެރެއަށް މައިންބަފައިން ވަނުމުގެ ޤާނޫނެވެ. މައިންބަފައިން މިޤާނޫނަށް ޢަމަލުކުރަންވާނެއެވެ. ނޫންނަމަ ޙައްލުވުމުގެ ބަދަލުގައި ގާތީ ޙައްލުނުކުރެވުމެވެ.  

ކޮންމެ ދެމަފިރިއެއްގެ މެދުގައިވެސް ކޮންމެވެސް ބާވަތެއްގެ މައްސަލަތަކެއް ޖެހޭނެއެވެ. ޚިޔާލުތަފާތުވުންތަކެއްވެސް ހުންނާނެއެވެ. ވީމާ ކުދިކުދި ކަންކަން މެދުވެރިވާނެއެވެ. އެއީ މެދުވެރިނުވެ ނުދާނެ ކަންކަމެވެ. 

ދެމަފިރިންގެ ެމދުގައި ކިތަންމެ ކުޑަ ކަމެއް ހިނގައިގެން އުޅޭކަން އެނގުނަސް އެކަމުގެ ތެރެއަށް ވަދެގަންނަން ބޭނުންވާ މައިންބަފައިން ތިބެއެވެ. އެމީހުންނަށް ވިސްނިފައި އޮންނަނީ އެކަމުގެ ތެރެއަށް އެމީހުން ވަނުމުން މައްސަލަ ފަސޭހައިން ޙައްލުކުރެވޭނެ ކަމަށެވެ. 

ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލައެއްގެ ތެރެއަށް ޢާއިލާއިން ވަންނަން ޖެހޭނީ އެދެމީހުންނަށް އެކަން ޙައްލުނުކުރެވިއްޖެނަމައެވެ. ފުރަތަމަ އޮތީ ޙައްލުކުރަން އެދެމީހުންނަށް ފުރުޞަތުދީ އެކަން އެދެމީހުންނަށް ދޫކޮށްލުމެވެ. 

މިހެން ބުނަންޖެހޭ ސަބަބަކީ މައްސަލަ ޙައްލުކުރެވޭނީ ދެމަފިރިން އެކަމަކަށް މަޝްވަރާކޮށްގެނަކަމުގައިވާތީއެވެ. ވާހަކަދައްކައި މަޝްވަރާކުރަން ފުރުޞަތުނުދީ އެހެންބައަކު އެކަމުގެ ތެރެއަށް ވަންނަނަމަ އެހުރސްއެޅެނީ މައްސަލަ ޙައްލުކުރަން އޮތް ފުރުޞަތަށެވެ. 

ހަމައެއާއިއެކު ޖެހޭ ކޮންމެ މައްސލައެއްގެ ތެރެއަށް މައިންބަފައިން ވަންނަން ދަރިންނެއް ނުރުހޭނެއެވެ. އަދި ތިމާމެންގެ ދަރިފުޅު އެކަމަށް މަރުޙަބާކީ ނަމަވެސް އަނެއް ދަރިފުޅު ގިނަ ފަހަރު އެކަމަކަށް ނުރުހޭނެއެވެ. ޚާއްޞަކޮށް އެކަމުގައި އޭނާގެ ކުށެއް އޮތްނަމައެވެ. އަދި ލަދުވެސް ގަންނާނެއެވެ. 

ވީމާ ބުނެލަން ބޭނުންވަނީ ދަރިންގެ ދިރިއުޅުމުގައި ކުރިމަތިވާ އާދައިގެ ކަންކަމުގެ ތެރެއަށް މައިންބަފައިން ވަންނަންވާނީ ދަރިން ވެއްދުމުންނެވެ. ނޫންނަމަ ދުރުގައި ތިބޭށެވެ.   

- އަލަފް / މިއަދުނޫސް

މިއަދު އޮންލައިން