ކައިވެނި ރޫޅި ދަތިޙާލުގައި އުޅެންޖެހުމުން މާޔޫސްވެފައި ތިބި އަންހެނުންގެ މާޔޫސްކަން ފިލައި ޙިތްވަރު ލިބޭނެ ވާހަކައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 3ސ
ކައިވެނި ރޫޅި ދަތިޙާލުގައި އުޅެންޖެހުމުން މާޔޫސްވެފައި ތިބި އަންހެނުންގެ މާޔޫސްކަން ފިލައި ޙިތްވަރު ލިބޭނެ ވާހަކައެއް!

ތިބާއަށް ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް "އަލްހަމްދުލިﷲ" ކިޔާށެވެ. އެކަމަކުން ތިބާއަށް ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމާއި ލިބޭނީ ގެއްލުންކަން ތިބާއަށް ވިސްނުނު ނަމަވެސްމެއެވެ. 

އެއީ ކީއްވެގެން ހެއްޔެވެ؟ އެކަން މެދުވެރި އެކުރެއްވެވީ އަހުރެމެންނަށް ރަނގަޅު ގޮތާއި ރަނގަޅުވާނެ ގޮތްވެސް އަހުރެމެންނަށްވުރެ މާބޮޑަށް ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ. އެމީހަކަށް ރަހްމަތެއްކަމުގައި މެނުވީ އަދި އަދި އެމީހަކަށް ކުރިމަތިވާން އޮތް ކަމަކުން ސަލާމަތްކުރެއްވެވުމަށް މެނުވީ އެއްވެސް މީހަކަށް އެއްވެސް ކަމެއް ކުރިމަތިނުކުރައްވަވާނެތެވެ. 

ކުޑަކުޑަ މިޘާލެއްވެސް ބުނެލާނަމެވެ. މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. 

އެއީ އަހުރެންގެ އެކުވެރި އަންހެނެކެވެ. ވަރަށް ނިކަމެތި އެކަނިވެރި އަންހެނެކެވެ. 3 ދަރިން ލިބުނުތަނާ ވަރިކޮށް ގެއަށް ފޮނުވައިލީއެވެ. އެކަން އެނގުމުން ބައްދަލުކުރަން ދިއައިރު ހުރީ ވަރަށް ބޮޑު މާޔޫސްކަމެއްގައެވެ. ބުނީ މިއީ ކުރިމަތިވި ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށާއި ނިކަމެތިކަމުން އަރައިނުގަނެވޭނެ ކަމަށެވެ. ފިރިމީހާ އެއްވެސް ޚަރަދެއްވެސް ނުކުރާނެ ކަމަށް ބުނިކަމަށާއި ކާންބޯންވެސް ނުލިބޭނެ ކަމަށެވެ. 

ކުޑައިރުންސުރެ ގާތް އެކުވެރިއަކަށްވުމުން ވަރަށް ދެރަވިއެވެ. ކަންބޮޑުނުވުމަށާއި ﷲ ތަޢާލާއަށް ޙަމްދުކުރުމަށް ބުނީމެވެ. ﷲ ތަޢާލާ އެއްވެސް އަޅަކު ނިކަމެތިނުކުރައްވަވާނެ ކަމަށްވެސް ބުނީމެވެ. އެހީތެރިވުމުގެ ގޮތުން މަހެއްހައި ދުވަހު އުޅެވޭވަރަށް ފައިސާކޮޅެއްވެސް ދިނީމެވެ. އެއީ މާބޮޑު ޢަދަދެއްވެސް ނޫނެވެ. ހަމަ ކިރިޔަކިރިޔާ ކައިބޮއިލެވޭނެވަރުގެ ކުޑަކުޑަ ޢަދަދެކެވެ. އެއިގެ ފަހުން ކޮންމެ މަހަކުވެސް އެހާކަންވާވަރުގެ ފައިސާކޮޅެއް ފޮނުވީމެވެ. ޞަދަޤާތެއްގެ ގޮތުގައެވެ. 

އެއިގެ ފަހުން 4 ވަނަ މަސް ނުނިމެނީސް ފޮނުވީ ކައިވެނީގެ ދަޢުވަތުކާޑެކެވެ. ބަލައިލިއިރު އެކުގައި ކޮލެޖުގައި އުޅުނުކުދިންގެ ތެރެއިން ތަނަވަސްކުއްޖަކާއި ކައިވެނިކުރަނީއެވެ. ބުނެފައި އޮތީ ފޯރުކޮށްދިން އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށާއި ނަމަވެސް އިތުރަށް އެހީތެރިކަން ބޭނުން ނުވާކަމަށެވެ. އިތުރަށް އެހީތެރިކަމަކަށް އެދެން ނުޖެހޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ. 

ވަރަށް އުފާވިއެވެ. ކައިވެނީގެ ހަފްލާއަށްވެސް ދިއައިމެވެ. އެއިގެ ފަހުން 10 ވަރަކަށް އަހަރުވީއެވެ. ދެމަފިރިންނަށްވެސް ދަރިން ލިބިއްޖެއެވެ. އުޅެމުން އަންނަނީ ހަމަ އުފަލުގައެވެ. 

އެއްކަންތައް ފާހަގަކޮށްލާނަމެވެ. އެއީ ކުޑައިރުންސުރެވެސް ވަރަށް ތަޤްވާވެރި އަންހެނެކެވެ. އެނގިގެން މިދިއައީ ﷲ ތަޢާލާ އާއި ބާއްވަންޖެހޭ ގުޅުންތައް ބާއްވައިގެން އުޅޭނަމަ ކޮންމެ ކަމެއް ކުރިމަތިވިނަމަވެސް އެކަމަކުން ސަލާމަތްވެވޭނެ މަގެއް ދައްކަވާނެ ކަމެވެ. ދެމެދުގައި ހޭދަކުރަންޖެހޭ މުއްދަތަކީ އިމްތިޙާނުގެ މުއްދަތެވެ. ކުރުވެސްވެދާނެއެވެ. ދިގުވެސްވެދާނެއެވެ. އެކަން ނިންމެވުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން