ތައުބާވުން އަވަސްކޮށް ރަމަޟާން މަހު ފާފަފުއްސަވައި ދެއްވަވަން އެދި ދުޢާކުރެވޭނެ މީހަކަށްވާން މިމަގުން ތައުބާވާށެވެ!: ޑރ. ޒާކިރު ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ތައުބާވުން އަވަސްކޮށް ރަމަޟާން މަހު ފާފަފުއްސަވައި ދެއްވަވަން އެދި ދުޢާކުރެވޭނެ މީހަކަށްވާން މިމަގުން ތައުބާވާށެވެ!: ޑރ. ޒާކިރު ނައިކް

ރަމަޟާން މަސް ފެށެން ދާދިގާތްވެއްޖެއެވެ. ތައުބާވުން އަވަސްކޮށް ރަމަޟާން މަހު ފާފަފުއްސަވައި ދެއްވަވަން އެދެވޭނެ މީހަކަށްވާން މިމަގުން ތައުބާވާށެވެ! 

ބޮޑު ފާފަތަކުގެ ތެރެއިން ފާފައެއް ކުރެވިއްޖެނަމަ ނުވަތަ ފާފަތަކެއް ކުރެވިފައިވާނަމަ ތައުބާވާން ޖެހޭނީ އެފާފަ ކުރެވުނު ކަމަށް އިޢްތިރާފްވާ ޙާލުގައެވެ. ކުރެވިފައިވާ ފާފަތަކަށް ތައުބާވެ ފާފަފުއްސަވައިދެއްވެވުން އެދިގެން ދަންނަވާއިރު ކުރެވިފައިވާ ފާފަ ކުރެވުނުކަމަށް އިޢްތިރާފްވާން ޖެހޭނެއެވެ. 

ތައުބާވުމަށް ކުރަންޖެހޭ 5 ކަމެއް ވެއެވެ. އެއީ: 1 ކުށަށް އިޢްތިރާފްވުން 2. އެފާފަ ކުރުން ހުއްޓާލަމް ޢަޒުމްކަނޑައެޅުން 3. އިތުރަށް އެފާފަ ނުކުރަން މަސައްކަތްކުރުން 4. ފާފަފުއްސަވައިދެއްވެވުން އެދި ދެންނެވުން 5. މީހަކަށް ބަދަލެއް ދޭންޖެހޭ ކަމަކަށްވެފައި ބަދަލުދެވެން އޮތްނަމަ ބަދަލުދިނުން. 

ދެން އެންމެ ގިނަ މީހުން ކުރާ ސުވާލަކީ ފާފަފުއްސަވައިދެއްވެވިކަން އެނގޭނީ ކިހިނަކުންހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ ކިތަންމެ ގިނަ ޢަދަދަކަށް ފާފަކުރެވިފައިވީނަމަވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވެއްޖެނަމަ އެމީހެއްގެ ފާފަތައް ފުއްސަވައި ދެއްވަވާނެކަމަށް ޤުރްއާނުގައި ބަޔާންކުރައްވަވާފައި އޮތުމުންނާއި ޙަދީޘްފުޅުތަކުން އެކަން އެނގެން އޮތުމުން އެއީ އެއްވެސް މީންވަރަކަށް ޝައްކުކުރަންޖެހެންވީ ކަމެއް ނޫނެވެ.   

ދުވާލުކުރެވޭ ފާފަތަކަށް ރޭގަނޑު ތައުބާވުމުން ފާފަފަތައް ފުއްސަވައި ދެއްވަވަތެވެ. ރޭގަނޑު ކުރެވޭ ފާފަތަކަށް ދުވާލު ތައުބާވުމުން ފާފަފުއްސަވައިދެއްވަވައެވެ. މާނައަކީ ފާފަ ފުއްސަވައިދެއްވެވުމުގައި ﷲ ތަޢާލާއީ އެހައިވެސް ދީލަތިވަންތަ ރަސްކަލާނގެއެވެ. 

ރަމަޟާންމަސް އައުމުން އެމަހުގެ ރޭތަކުގައި ފާފަފުއްސަވައިދެއްވެވުން އެދިގެން ކުރަން އޮތް ދުޢާ ( اَللَّهُمَّ إِنَّكَ عَفْوٌ تٌحِبٌّ العَفْوَ فَأَعْفَوْ عَنِّي ) އެންމެންނަށްވެސް އެނގެއެވެ. މިދުޢާގައި މިދަންނަވަނީ އިނބަ ﷲ އީ ފާފަތައް ފުއްސަވައި ދެއްވެވުމުގައި ދީލަތިވަންތަ ރަސްކަލާނގެއެވެ. މިއަޅާގެ ފާފަތައް ފުއްސވައިދެއްވަވާނދޭވެ! މިފަދައިންނެވެ. 

މިފަދައިން ދަންނަވައި މިދުޢާކުރެވޭނީ ކުރިއާލައި ތައުބާވެ އެފަދައިން ދެންނެވޭނެ މީހަކުކަމުގައިވެ ހުރެގެންނެވެ. ވީމާ ތައުބާވުމަށް އަވަސްވެގަންނާށެވެ! 

- ޑރ. ޒާކިރް ނައިކުގެ ދަރުސަކުން

މިއަދު އޮންލައިން