ނުނިދައި ވަޤުތުތައް ބޭކާރުކުރާ މީހުން އެނަގައިލަނީ ﷲ ދެއްވަވާ ރަހްމަތެއްކަން ޤުރްއާނުން--

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނުނިދައި ވަޤުތުތައް ބޭކާރުކުރާ މީހުން އެނަގައިލަނީ ﷲ ދެއްވަވާ ރަހްމަތެއްކަން ޤުރްއާނުން--

ނިދީގެ ޙަޤީޤަތް މިއަދާއި ހަމައަށްވެސް ސައިންސްވެރިންނަށްވެސް ހޯދިފައެއް ނުވެއެވެ. ތަފާތު ޓެސްޓްތައް އީޖާދުކޮށް ތަޙްލީލްތައް ދަނީ ކުރެވެމުންނެވެ. ހަމައެއާއިއެކު ނިދިނަގާލައި (ނިދަންވާ ވަޤުތު ހޭލައި) އުޅުމުން ޖެހޭ މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރިނަމަވެސް 4 މަހެއްހައި ދުވަސް އެކަމަށް ނަގާކަމަށާއި ބައެއް މީހުންނަށް ޙއްލު ނުވެސް ކުރެވޭކަމަށް ބައެއް ޑޮކްޓަރުން ބުނެއެވެ.

ނިންޖާމެދު ޤުރްއާނުގައިވަނީ ""އެކަލާނގެ ޙަޟްރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި،..." މިފަދައިންނެވެ. އެނގިގެން މިދަނީ ނިދިޖެހުމަކީ ނުވަތަ އަރާމުގައި ނިދައިލެވުމަކީ (ދީނުގައިވާ މަގުން ނިދުމަކީ) ﷲ ތަޢާލާ ލައްވަވާ ރަޙްމަތެއްކަމެވެ. އެކަމުގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެ ކަމެވެ.

ނިންޖަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ﷲ ތަޢާލާ މީސްތަކުންނަށް ދެއްވަވާ ނިޢްމަތެކެވެ. ބޭކާރު ގޮތުގައި ރޭގަނޑުގެ ވަގުތުތައް ނުނިދައި ހޭދަކުރަން ހެޔޮނުވާނެއެވެ!

ނިދީގެ ރަޙްމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ދިރިއުޅެން ކުރަންޖެހޭ މަސައްކަތެއް ކުރަން ނޫނީ ޢިޝާ ނަމާދުގެފަހުން ހޭލައި ހުރުމެއް ނެތެވެ. އަދި އަވަހަށް ނިދާފައި ދަމުނަމާދަށް ހޭލުމަކީވެސް ނިދީގެ ރަހްމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ަމެކެވެ. ފަތިސްނަމާދަށް ހޭލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

"އެކަލާނގެ ޙަޟްރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި، އަދި އެކަލާނގެ ތިޔަބައިމީހުން ޠޯހިރުކުރެއްވުމަށާއި، ޝައިޠޯނާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި، ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، (ތިޔަބައިމީހުންގެ) ފައިތިލަތައް ސާބިތު ކުރެއްވުމަށްޓަކައި، ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވިހިނދު، ހަނދުމަކުރާށެވެ!" (އަލްއަންފާލް: 18)

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން