ކުޑަކުދިން އެކަނި މިސްކިތަށް ފޮނުވުން-: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ކުޑަކުދިން އެކަނި މިސްކިތަށް ފޮނުވުން-: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

ކުޑަކުދިން ނަމާދަށް ހޭނުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު އެއް މަސްއޫލިއްޔަތެވެ. އޭގެ ތެރޭގައި ފިރިހެން ކުދިން ޖަމާޢަތުގެ ނަމާދަށް ހިތްޖައްސާ، އެކަމަށް އާދަކުރުވުންވެސް ހިމެނެއެވެ. 

އެހެނަސް އެ ކުދިން ކުޑައިރުގައި އެކަނި މިސްކިތްތަކަށް ފޮނުވުމުން ބައެއް ފަހަރު އެކަމުގެ ނޭދެވޭ ނަތީޖާތައް ފެނެއެވެ. ބައްޕަ ނުވަތަ ބޭބެ ނުވަތަ އެ ނޫންވެސް އިތުބާރު ކުރެވޭ މީހަކާ އެކުގައި ފޮނުވާށެވެ. 

އަޅުގަނޑުމެންގެ މުޖުތަމަޢުގެ އަދުގެ ޙާލަތަށް ބަލާއިރު  އެކުދިން ޅަ ޢުމުރުގައި އެކަނި މިސްކިތަށް ފޮނުވުމުން މަގުމަތީގައި އުޅޭ ވިޔާ ނުދާ ކުދިންނާއި އެކި ފިކުރުތަކުގެ  އަހުލުވެރިންގެ ޝިކާރައަކަށް އެކުދިން ވެގެން ހިނގައިދާނެއެވެ.  

﴿ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ [سورة الفرقان ٧٤]

މާނައީ: "އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާ ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!" 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ 

މިއަދު އޮންލައިން