ފަހެ ﷲ އަށް އެމީހެއްގެ ކަންކަން ހަވާލުކޮށްފިމީހަކަށް އެއިލާހު އިޙްސާންތެރިވެވޮޑިގަންނަވާނެއެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ފަހެ ﷲ އަށް އެމީހެއްގެ ކަންކަން ހަވާލުކޮށްފިމީހަކަށް އެއިލާހު އިޙްސާންތެރިވެވޮޑިގަންނަވާނެއެވެ.

ފަހެ ﷲ އަށް އެމީހެއްގެ ކަންކަން ހަވާލުކޮށްފިމީހަކަށް އެއިލާހު އިޙްސާންތެރިވެވޮޑިގަންނަވާނެއެވެ. 

ޒަކަރިއްޔާގެފާނު މުސްކުޅިފުޅުވި ދުވަހު އެކަލޭގެފާނަށް ދަރިކަލަކު ދެއްވިއެވެ.

އަދި އެކަލޭގެފާނު ލައްވާފައިވަނީ މީސްތަކުންގެ ތެރެއިން މާތްކުރެވުނު ނަބީބޭކަލުންގެ ތެރެއިންނެވެ. 

އިބްރާހީމުގެފާނަށް ދަރިކަލެއް ދެއްވާނެކަމުގެ އުފާވެރިކަމުގެ ޚަބަރުދެއްވުމުން، އެކަލޭގެފާނުގެ އަނބިކަނބަލުން މާޔޫސްކަމާއެކު ވިދާޅުވިއެވެ. 

﴿يَا وَيْلَتَىٰ أَأَلِدُ وَأَنَا عَجُوزٌ وَهَـٰذَا بَعْلِي شَيْخًا إِنَّ هَـٰذَا لَشَيْءٌ عَجِيبٌ﴾ [سورة هود ٧٢]

މާނައީ: "އޭހުރި ޢަޖައިބެއްގެ ބޮޑުކަމާއެވެ! ތިމަން މުސްކުޅިޔަކުކަމުގައި ވާއިރުވެސް، ތިމަން ވިހާނޭ ހެއްޔެވެ! އަދި ތިމަންގެ ފިރިކަލުން މިހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން މިއީ އަޖައިބުވެގެންވާ ކަމެކެވެ." 

އަދި އިބްރާހީމު އަލްޚަލީލު ހާޖަރުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނު ހަނަފަސް ވާދީއަކަށް ދޫކުރެއްވިއެވެ.

ފަހެ އެ ދަރިކަލުން ވެވަޑައިގަތީ ނަމާދު ޤާއިމުކުރުމަށާއި ޒަކާތްދިނުމަށް އަމުރުކުރެއްވި ބޭކަލެއް ކަމުގައެވެ. 

އަދި ޔޫނުސްގެފާނު ޙާލުގައި ޖެހި ހުސްބިމެއްގައި އޮންނެވި ހިނދު އެކަލޭގެފާނު ގެއްލެނި ނުކުރައްވައެވެ. 

"خطوات إلى السعادة لد. عبدالمحسن القاسم (ص: 43)" 

- މަސްދަރު: ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

 

މިއަދު އޮންލައިން