އިމާމުންނާ މުދިމުންގެ މަސްއޫލިއްޔަތަކީ އެންމެ ބޮޑު މަސްއޫލިއްޔަތު-: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 19ސ
އިމާމުންނާ މުދިމުންގެ މަސްއޫލިއްޔަތަކީ އެންމެ ބޮޑު މަސްއޫލިއްޔަތު-: ޝައިޚް މުޙައްމަދު ލަޠީފް

އަޅުގަނޑުމެންނަށް މި ހަވާލުކޮށްފައިވާ މަސްޢޫލިއްޔަތު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކުރާ ބަޔަކަށް އަޅުގަނޑުމެން ވާންޖެހޭ. އެހެންނޫނީ ގައިމުވެސް އަޅުގަނޑުމެންނާ ސުވާލު އަންނާނެ. كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْؤولٌ عَنْ رَعِيَّتِهِ، " އަޅުގަނޑުމެން ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކޭ. އަދި އަޅުގަނޑުމެންނާ ހަވާލުވެފައިވާ ކަމަކާމެދު އަޅުގަނޑުމެން ކޮންމެ މީހަކާ އެކަމާމެދު ސުވާލުވެވޭނޭ"  އެހެން ޙަދީޘް ފުޅެއްގެ އޮންނަނީ إن الله سائل އެ ޙަދީޘް ބަސްފުޅުގެ މާނައިގަ އޮންނަނީ " ﷲ ސުބުޙާނަހޫ ވަތަޢާލާ ސުވާލު ކުރައްވާނެތޭ ކޮންމެ މީހަކާވެސް . އެމީހަކާ ހަވާލުވެވުނު ކަމަކާ. احفظ أم ضيع އެކަމެއް އޭނަ ފަރުވާކުޑަކޮށް ނަގާލީތޯ ނޫނީ އެއަށް ރައްކާތެރިވީތޯ؟ إن الله سائل كل راع راع عما استرعاه حفظ أم ضيع މީ އެ ޙަދީޘްގެ ލަފުޒު. އެހެންވީމަ އަޅުގަނޑުމެން ހަވަލުވެ މިތިބަ ކަންތައްތައް މީ އެންމެ މުހިންމު ކަންތައްތައް. 

ކީރިތި މާތް ނަބިއްޔާ އެކަލޭގެފާނުގެ އެންމެ ފަހު ޙަޔާތްޕުޅުގައި އާލާސްކަންފުޅުގައި އުޅުއްވި ވަގުތުގައި އަބޫބަކުރުގެފާނު ، އަބޫބަކުރުއް ޞިއްދީގު ރަޟިޔަﷲ އަންހާއާ މިކަން ހަވާލުކުރެއްވި. އެހެންނަމަވެސް އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅުގައި ނަމާދު ކޮށްދެއްވި. އެހެންވީމަ އަޅުގަނޑުމެންވެސް އެކަންމިކުރަނީ. އެހެންވީމަ އަޅުގަނޑުމެން އެކަމަށް ރައްކާތެރިވާންޖެހޭނެ. 

ލޮބުވެތި އަޚުން. ލޮބުވެތި އިމާމުން ވަރަށް ރީތިކޮށް އަޅުގަނޑުމެން ކުރާ ކަމަކަށް ޖެހޭ މިކަން ހަދަން. އުޘްމާން ބުން ޢައްފާން ރަޟިޔަﷲ އަންހާ، އެކަލޭގެފާނާ ދެކޮޅަށް މީހުން ނިކުމެގެން އައިސް އެ ފިތުނައިގެ ތެރޭގައި އެކަލޭގެފާނަށް ދެންނެވުނު . އޭ އުޘްމާނުގެފާނޭ. މިހާރު މިސްތަކުންގެ ނަމާދު ކޮށްދެނީ ފިތުނަވެރި އިމާމެކޭ. ވާހަކަޔަކީ ފިތުނައިގަ ބައިވެރިވި އިމާމެކޭ. ވިދާޅުވަނީ ބޭފުޅާއޭ ބުނަންހޭ ވާހަކައެއް. އިންސާނާ އެންމެ ރީތިގޮތުގައި ކުރާ އަޅުކަމަކީ ނަމާދޭ، ނަމާދޭ. އެހެންވީމާ އެމީހުން ހެޔޮގޮތުގައި އެކަން ކޮށްފިއްޔާ އެމީހުންނަށޭ އޭގެ ހެޔޮކަން އޮތީ. ނުބައިކޮން ކޮށްފިއްޔާ ކަލޭމެންނަކަށް ނުބަޔެއް ނެތޭ. އެމީހުންނަށޭ ހުރިހާ ނުބަޔެއް އޮތީ. 

އެހެންވީމަ އަޅުގަނޑުމެން މިކޮށްދޭ ނަމާދު އެންމެ ރީތި ގޮތުގައި އެންމެ ރިވެތިކޮށް އެންމެ ޗާލުކޮށް ކޮށްދޭ ކަމަކަށް އަޅުގަނޑުމެން ހަދަންޖެހޭ. އެއީ އަޅުކަމުގެ ތެރެއިން ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވި ބަސްފުޅެއްގައި އާދެ. އިސްލާމްދީނުގެ ޙުކުމްތައް ވަނީ ގުޅި ލާމެހިފައިވާ ބޮޅުތަކެއް ފަދައިންނެވެ. ބޮޅަކަށްފަހު ބޮޅެއް ނެތިގެން ދާނެއޭ. މާނައަކީ ޤިޔާމަތުގެ ކުރިއަށް މި ޙުކުމްތަކާ މީހުން ދުރުވާނޭ. އެންމެފަހުން ދެމިގަންނާނެ ބޮޅަކީ ނަމާދުގެ ބޮޅޭ. އެހެންވީމަ ބައްލަވާ ނަމާދަށް އަޅުގަނޑުމެންގެ ދީން ދީފައިވާ އަހަންމިއްޔަތު. އަދި މީސްތަކުން އެޔަށް ދޭނެ އަހަންމިއްޔަތުވެސް މީގެން އެބަ އެނގޭ. އެހެންވީމަ އެކަމުގެ އިމާމުން އަޅުގަނޑުމެންނަކީ. އިމާމުން އަޅުގަނޑުމެންނަށް ވަރަށް ރީތިކޮށް ޗާލުކޮށް އެކަން ކޮށްދޭ ބަޔަކަށް އަޅުގަނޑުމެން ވަމާ ހިނގާ. 

އަޅުގަނޑުގެ ދުޢާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް މި ހަވާލުކުރެވިފައިވާ މަސައްކަތުގައި އިޚްލާޞްތެރިކަންދެއްވާ އެއަށް ފުރިހަމައަށް  އިޖާބަދޭ ބައެއްގެ ގޮތުގައި ލެއްވުން. ވައާޚިރުއް وآخر دعوانا أن الحمد لله رب العالمين ވަޞަލަﷲ ޢަލާ ނަބިއްޔިނާ މުޙައްމަދް. ވަޢަލާ ޢާލިހީ ވަޞަޙުބިހީ އަޖްމަޢީން. 

- އިސްލާމީ މަރުކަޒުގެ އިސް އިމާމް ޝައިޚް މުޙައްމަދު ލަޠީފްގެ ވާހަކަފުޅުން

 

މިއަދު އޮންލައިން