އަނބިދަށުވުމާ ފިރިދަށުވުމުގެ ވާހަކަ: މައްސަލަ ޖައްސުވައި ކައިވެނި ރޫޅުވަން ހަދާ އެންމެ ވަރުގަދަ ވަރިތޮޅި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
އަނބިދަށުވުމާ ފިރިދަށުވުމުގެ ވާހަކަ: މައްސަލަ ޖައްސުވައި ކައިވެނި ރޫޅުވަން ހަދާ އެންމެ ވަރުގަދަ ވަރިތޮޅި!

މިހާރަކަށް އައިސް ދެމަފިރިއަކު އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށްގެން، ލޯބިދީގެން އަދި ދެމީހުންވެސް އެކަކު އަނެކަކަށް ކިޔަމަންތެރިވެގެން ދިރިއުޅޭނަމަ އެއީ އަނބިދަށިވުން ނުވަތަ ފިރިދަށުވުން ކަމަށް ކިޔަންފަށާނެއެވެ. 

މިނުބައި ޗިޕް ބޮލަސް ޖަހަން ފެށުމާއިއެކު "ނޫން މަށެއް ދަށަކު ނުވާނަމޭ" ބުނެ ހަށިފޮޅާލައި ކުރިން ދިރިއުޅެމުން އައި ރިވެތި ގޮތްތައް ދޫކޮށްލައި އުޅުން ބަދަލުކޮށްލަނީއެވެ. ޒަމާނަށް ފެތެނީއެވެ. ވީމާ އަނބިދަށުވުމާ ފިރިދަށުވުމުގެ ވާހަކަތައް ވެފައި މިއޮންނަނީ އެންމެ ވަރުގަދަ ވަރިތޮޅިއަށެވެ. 

އެކަން އެގޮތަށްވުމަށް ނުއެނދޭނަމަ މިވަރިތޮޅިހަދާ ދުޝްމިނުންގެ ވަސްވާސްތައް އަޑުވެސް ނުއަހާށެވެ! ދެމަފިރިން އެކަކު އަނެކަކަށް ލޯބިދީ އެހީތެރިވެގެން އަދި ކިޔަމަންތެރިވެގެން އުޅޭނަމަ އެއީ އެއީ އަނެކާގެ ދަށުވުން ކަމަށް ބުނެފިނަމަ، ޢާއިލާގެ މީހަކު ނަމަވެސް އެކުވެރިއަކު ނަމަވެސް އެހަދަނީ ވަރިތޮޅިއެވެ. އެސިޙުރުން ސަލާމަތްވެވޭނެ ގޮތަކީ އެމީހަކާއި ދުރުހެލިވުމެވެ. 

މިރޭވެސް ތަކުރާރުކޮށްލާނަމެވެ. އަނބިދަށުވުމާއި ފިރިދަށުވުމުގެ މާނަ ގިނަބައަކަށް އޮންނަނީ އޮޅިފައެވެ. އަހުރެން ބުނާހިތްވަނީ ޤަޞްދުގައި އޮޅުވާލަނީ ކަމަށެވެ. އެހެންކަމުން ޒަވާޖީ ޙަޔާތުގައި ދަނީ އެއްވެސް ފައިދާއެއް ނުކުރާނެ މައްސަލަތައް ގިނަވަމުންނެވެ. 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, 

“If a woman prays her five prayers, fasts her month of Ramadan, guards her chastity, and obeys her husband, she will enter Paradise from any gate she wishes.”

Source: Ṣaḥīḥ Ibn Ḥibbān 4252

Grade: Sahih (authentic) according to Al-Albani  

ފިރިމީހާއަށް ކިޔަމަންތެރިވުން ހިމެނިގެންވަނީ ސުވަރުގޭގެ ބޭނުން ދޮރުކޮޅަކުން ވަންނަން ފުރުޞަތު ލިބޭކަމަކަށެވެ. 

"ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފްސްތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." (އައްރޫމް: 21) 

ކަންއޮތީ މިފަދައިން ކަމުގައިވާއިރު ވަކިމީހަކު މަތިވުމާއި ތިރިވުމުގެ ވާހަކަ ނެރެނީ ކޮންގޮތަކުން ހެއްޔެވެ؟ 

ވިސްނުންތެރިކަމާއިއެކު ޝައިޚް ޢަލީ ޒައިދުގެ މިބަސްފުޅު ކިޔައިލަބަލާށެވެ! 

ފިރިމީހާ އަނބިމީހާއަށް ހެޔޮވުމަކީ އަނބިދަށުވުމެއް ނޫނެވެ! އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާ ފިރިމީހާގެ ދަށުވުމެއްވެސް ނޫނެވެ! ޢާއިލީ ނައުގެ ކައްޕިތާނަކީ ފިރިމީހާ އެވެ. ޢާއިލީ އޮޑި ކުރިއަށް ދުވާނީ ދެފަރާތުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންނެވެ. 

"ފިރިމީހާ އަނބިމީހާއަށް ހެޔޮވުމަކީ އަނބިދަށުވުމެއް ނޫނެވެ! އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންވުމަކީ އޭނާ ދަށުވުމެއްވެސް ނޫނެވެ! ޢާއިލީ ނައުގެ ކެޕްޓަނަކީ ފިރިމީހާއެވެ. އޮޑި ކުރިއަށް ދުވާނީ ދެފަރާތުންވެސް އެކަކު އަނެކަކަށް އިހްތިރާމްކޮށްގެންނެވެ."  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން