ފިރިން ހެނދުނު ގެއިން ނުކުންނަ މޫޑާ އެނބުރި ގެއަށް އައިސް ވަންނަ މޫޑް ބަދަލުކޮށް އަނބިމީހާއަށް ސަމާލުކަން ނުދޭނަމަ އަނބިމިހާގެ ލޯތްބެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފިރިން ހެނދުނު ގެއިން ނުކުންނަ މޫޑާ އެނބުރި ގެއަށް އައިސް ވަންނަ މޫޑް ބަދަލުކޮށް އަނބިމީހާއަށް ސަމާލުކަން ނުދޭނަމަ އަނބިމިހާގެ ލޯތްބެއް ނުލިބޭނެ!

ތެދުވެރިކަމާއިއެކު ބުރަކޮސް މަސައްކަތްކުރާ ފިރިންނަށް ނިދައި ހޭލެވުމާއިއެކު ސިކުނޑީގައި ހިނގަން ފަށާނީ އެދުވަހު ކުރަންހުރި މަސައްކަތްތަކެވެ. ނަތީޖާއަކަށްވާނީ ސައިމޭޒުދޮށުގައި އިންނައިރުވެސް ބައިވެރިޔާއާއި ރަނގަޅަށް ވާހަކަވެސް ދައްކައިނުލެވުމެވެ. 

އެވަޤުތު ގިނަ ފިރިންނަށް އަނބިންނާއި ރަނގަޅަށް ވާހަދައްކައިނުލެވޭ ސަބަބަކީވެސް އެއީއެވެ. އަނބިމީހާ ސުވާލެއް ކުރިނަމަވެސް ކުރުކޮށް ޖަވާބުދެވޭ ސަބަބަކީވެސް އެއީއެވެ. އަދި އެީ މައްސަލައެއްވެސް ނޫނެވެ. ރަނގަޅު އަނބިންނަށް އެކަން ވިސްނޭނެއެވެ. އެހެންވެ ޝަކުވާއެއްވެސް ނުކުރާނެއެވެ. 

މައްސަލައަކަށް މަސައްކަތް ނިމިގެން އެނބުރި ގެއަށް އައިސް ވަންނައިރުވެސް މަސައްކަތުގެ ވިސްނުމުގައި ވަންނާތީއެވެ. އެގޮތަށް ގެއަށް ވަދެއްޖެނަމަ އަދި ގެއަށް ވަދެ އެވިސްނުމުގައި އުޅެން ފަށައިފިނަމަ އަނބިމީހާގެ ޝަކުވާތައް ކުރިމަތިވާނެއެވެ. ޝަކުވާތައްވެސް ގިނަވާނެއެވެ. 

މިއީ ފިރިން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކެވެ. މަސައްކަތުން ނިމިގެން ގެއަށް އައިސްފައިވެސް އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނެ ނަމަ ރަނގަޅީ ކައިވެނިނުކުރުމެވެ. 

ވިސްނާށެވެ! އަނބިމިހާ ގޭގައި އިންނަނީ އެކަންޏެވެ. ނުވަތަ ދަރިންނާއިއެކުގައެވެ. މުޅި ދުވަހު އޭނާ އިންތިޒާރުކުރަނީ ފިރިމީހާ އެނބުރި އަންނާނެ ވަޤުތަކަށެވެ. އެހެން އިންދައި އިރުއޮއްސެން ކައިރިވުމުން ނުވަތަ ރޭގަނޑުވާފަހުން ގެއަށް އައިސް އަނބިމީހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭނަމަ އަނބިމީހާގެ ހިތަށް ލިބޭނެ އެކަނިވެރިކަން ނިކަން އިޙްޞާޞްކޮށްލައިބަލާށެވެ! އެއިރުން މިދެއްކި ވާހަކަތަކުގެ ޙަޤީޤަތް އެނގޭނެއެވެ. 

ކަންބޮޑުވާންވީ މައްސަލަ ޖެހުމަކުން ނޫނެވެ. މައްސަލަ ޖެހުމުގެ ކުރިންނެވެ. ޙައްލަކީ އެއީއެވެ!

 

- ނަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން