ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ލޯބިދިނުމަކީ ވަކިދިރިއުޅުމެއް އުޅެން ފެށުމުން ކުރަން އޮތް ކަމަކަށް ހެދުމަކީ ހެދޭ ބޮޑު ގޯހެއް! ޢާއިލާގެ އެސްފީނާއަށް ބިރު އޮތްނަމަ މިމަގުން ޢަމަލުކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ލޯބިދިނުމަކީ ވަކިދިރިއުޅުމެއް އުޅެން ފެށުމުން ކުރަން އޮތް ކަމަކަށް ހެދުމަކީ ހެދޭ ބޮޑު ގޯހެއް! ޢާއިލާގެ އެސްފީނާއަށް ބިރު އޮތްނަމަ މިމަގުން ޢަމަލުކުރޭ!

ޒަވާޖީ ހަޔާތެއްގައި ދިރިއުޅެމުންދާއިރު ބޮޑެތި ކަންތައްތަކެއް ޙާޞިލް ޙާޞިލުވުމުން ދެމަފިރިން މާލޯބިން ދިރިއުޅެން އުންމީދުކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ކޮންމެ ޙާލެއްގައި ދިރިއުޅުނު ނަމަވެސް ދެމީހުން އެކަކު އަނެކަކަށް ލޯބިން ކަންތައްތައް ކޮށްދިނުމުންނެވެ. ލޯބި ދިނުމުންނެވެ. 

މިޘާލަކަށް ބުނާނަމަ އަމިއްލަ ގެއެއް ނުވަތަ ފްލެޓެއް ނެތުމުން ދިރިއުޅެނީ އެކެއްގެ ޢާއިލާ އާއިއެކުގައިކަމަށްވެދާނެއެވެ. އުންމީދުކުރަނީ ގެއެއް އެޅުމަށެވެ. ނުވަތަ ފްލެޓެއް ގަތުމަށެވެ. އެޙާލަތުގައި އެކަކު އަނެކަކަށް ދޭންޖެހޭ ލޯބި ދެވޭނީ ފްލެޓެއް ނުވަތަ ގެއެއް ލިބި ވަކިން ދިރިއުޅެން ފެށުމުން ކަމަށް ނުދެކޭށެވެ. 

އެއްބަސްވަމެވެ. ދެމަފިރިންނަށް ހަމަޖެހިލައިގެން އެންމެ އުފަލުގައި ދިރިއުޅެވޭނީ ދެމަފިރިން އެކަނި ދިރިއުޅެވޭނަމައެވެ. އެއިރުން ދެވޭ ލޯބި އިތުރުވެސް ކުރެވޭނެއެވެ. ނަމަވެސް ދެމަފިރިން އެކަކު އަނެކަކަށް ދޭންޖެހޭ ލޯބި ދިނުމަކީ ދެމަފިރިންނަށް ވަކިދިރިއުޅުމެއް އުޅެވޭ ދުވަހަކުން ކުރަން ބާއްވާ ކަމަކަށް ހަދައިގެން ނުފުދޭނެއެވެ. ލޯތްބާއި އަޅައިލުން އަބަދުވެސް ބޭނުންވާނެތީއެވެ. 

ގިނަފަހަރަށް މިމައްސަލަ ކުރިމަތިވަނީ ޢާއިލާގެ އެހެން މީހުންނަށް އެކަން އެނގިދާނެތީ ގަންނަ ބިރަކަށެވެ. މިބިރު އުފެދެނީ އެމީހުންގެ އެސްފީނާއަށް ބިރުގަންނަންޖެހޭތީއެވެ. އެއީ ހަމަ ކުރިމަތިވާ ކަމަކަށްވުމުން އެޙާލަތުގައި ޢާއިލާގެ މީހުންނަށް އެކަން އެހައި ބޮޑަށް ހާމަނުކުރިނަމަވެސް ދެމަފިރިން އެކަނިވުމުންނާއި މުޢާމަލާތުކުރުމުގައި ލޯބި އެންމެ ބޮޑަށް ދޭށެވެ. އެއިރުން ދެމަފިރިންގެ މެދުގައި އެމައްސަލަ ޙައްލުކުރެވޭނެއެވެ. ތިބޭނީ ހިތްހަމަޖެހިގެން އުފަލުގައެވެ. އިން ޝާ ﷲ   

އެއްވެސް ގެދޮރެއް ބޯހިޔާވަހިކަމެއް ނެތުމުން މަގުމަތީގައި ދިރިއުޅޭ މީހުންނަށް ބަލާށެވެ! ދުވާލުވުމުން ފިރިމީހާ މަސައްކަތުދެއެވެ. އަނބިން ދަރިން ބަލައެވެ. މަސައްކަތް ނިމިގެން ފިރިމީހާ ވަޤުތު ބޭކާރެއް ނުކުރެއެވެ. ޢާއިލާގެ ގާތަށް އެނބުރި އަންނާނެއެވެ. އެނބުރި އައުމަށްފަހު އަނެއްދުވަހު މަސައްކަތުދާންވަންދެން ޢާއިލާ ތިބެނީ އެކުގައެވެ. އެމީހުން ނިދައި ކައްކައި ކައިހަދަނީވެސް މަގުމަތީގައެވެ. ނަމަވެސް އެކަކުއަނެކަކަށް ދޭންޖެހޭ ލޯބި ދިނުމުގައިވެސް އަދި ދެމަފިރިން ދަރިންނަށް ދޭންޖެހޭ ލޯތްބާއި އަޅައިލުން ދިނުމުގައިވެސް އިހްމާލެއް ނުވެއެވެ. އެމީހުންގެ ޙާލަތު ނިޔާކުރާ ގޮތަކަށް އެކަންކަން ކުރެއެވެ. 

ދެން ބަލައިލަންޥީ ގެދޮރާ ބޯހިޔާވަހިކަން ލިބިފައިވާ މީހުންނަށެވެ.  އެމީހުންނަށް ތަނަވަސްކަމާއި ނިޢުމަތްތައް ދެއްވެވުމުން އެއިގެ ބޭނުން ހިފޭ މިންވަރަށެވެ. ބޭނުން ހިފޭ ގޮތަށެވެ. މިކަންކަމަށް ވިސްނައިލުމުން ހަމަޤައިމުވެސް އަހުރެންގެ ހިތުގައި ބިރުވެރިކަން އުފެދެއެވެ. އަދި ލަދުވެސް ގަނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން