ނަމާދަށް ހުންނައިރު ބައެއް މީހުންނަށް ހިނިތުންވެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ނަމާދަށް ހުންނައިރު ބައެއް މީހުންނަށް ހިނިތުންވެވެނީ ކީއްވެ؟

ބައެއް ޢިލްމްވެރިން ވިދާޅުވަނީ ހިނިއައުމަކީ ނަމާދުބާޠިލްވާ ކަންކަމުގެ ތެރޭގައި އޮތްކަމެއް ނޫންނަމަވެސް ނަމާދަށް ހުންނައިރު ހިނިއަންނަނަމަ އެއީ ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް ކަމަށެވެ.

އެހެނީ ހިނިއަންނަން ޖެހޭނެ އެއްވެސް ޙާލަތެއް ނަމާދުގައި މެދުވެރިއެއް ނުވާނެއެވެ. ނަމާދުގައި އޮތީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ވީމާ ހިނިއަންނަންޖެހޭނެ އެއްވެސް ކަމެއް މުޅިނަމާދުގައިވެސް ނުވެއެވެ.

ނަމާދުގައި ހުންނައިރު ހިނިއަންނަނަމަ އެއީ ޝައިޠޯނާގެ ކިބައިން އަންނަ ކަމެކެވެ. ޝައިޠޯނާ ބޭނުންވާ ގޮތަށް އޭނާގެ ފިކުރުތައް ލަންބުވަނީ އެވެ. އޭނާ އުފާވާނެ ކަންކަން އޭނާގެ ވިސްނުމަށް ވައްދުވައި ވިސްނުން ނަމާދުން ބޭރުކުރުވަނީއެވެ. ވީމާ ނަމާދުގައި ހުންނަ މީހަކަށް ހެވޭނަމަ އެއީ ވަރަށް ނުރައްކައުތެރި ކަމެކެވެ. ވަރަށް ބޮޑަށް ބިރުގަންނަން ޖެހޭނެ ކަމެކެވެ.

ދުޢާއަކީ އަޅުގަނޑުމެން ކުރާ ނަމާދަކީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާ ފެންވަރުގައި ކުރެވޭ ނަމާދުކަމުގައި ލެއްވެވުމެވެ. އާމީން

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން