ޚުތުބާ: ﷲ ތައާލާ ރަސޫލުން ފޮނުއްވެވީވެސް ފޮތްތައް ބާވައިލެއްވެވީވެސް ތައުހީދު އުނގަންނަވައި ދެއްވަވައި ބަޔާންކޮށްދެއްވެވުމަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ޚުތުބާ: ﷲ ތައާލާ ރަސޫލުން ފޮނުއްވެވީވެސް ފޮތްތައް ބާވައިލެއްވެވީވެސް ތައުހީދު އުނގަންނަވައި ދެއްވަވައި ބަޔާންކޮށްދެއްވެވުމަށް!

މުސްލިމް އަޚުންނޭވެ! މާތް الله އެއްކައުވަންތަ ކުރުމަކީ އެންމެ މަތިވެރި އަދި އެންމެ މާތް އަޞްލެވެ. އެކަލާނގެ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވީ އެކަން ޙާޞިލްކޮށް ދެއްވުމަށެވެ. އަދި ހަމައެފަދައިން ތައުޙީދުގެ ސަބަބުން އަމަން އަމާންކަމާއި ހިދާޔަތު ލިބި ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިދެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ތައުޙީދަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. އެންމެ ފުރިހަމަ ގޮތުގައި ތައުޙީދުގެ ހުރިހާ ބައިތަކެއް ޙިމާޔަތް ކުރެއްވެވިއެވެ. 

އެކަލޭގެފާނުގެ ދަޢުވަތުގެ ފުރަތަމަ ޝިޢާރަކީ މާތް الله އެއްކައުވަންތަ ކުރުމެވެ. އެއީ އެކަލޭގެފާނުގެ ކުރިން ފޮނުއްވުނު ނަބީބޭކަލުން ޢަމަލު ކުރެއްވި ފަދައިންނެވެ. އެކަލާނގެ އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެ އެއްކައުވަންތަކޮށް ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. ޚަލްޤު ކުރައްވައި މުޅި ކައުނުގައި ލައްވާފައިވާ ތަކެތި އެކަލާނގެ އެއްކައުވަންތަކަމަށް ހެކިދެއެވެ. މިކަމަށް އިޝާރަތް ކުރައްވައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. ----  މާނައީ: "ދަންނާށެވެ! ހެއްދެވުމާއި أَمُرُ ކުރެއްވުންވަނީ، އެކަލާނގެއަށް خَاصَّ ވެގެންނެވެ. عَالَـمْ ތަކުގެ ވެރި الله މަތިވެރިވެ ވޮޑިގެންފިއެވެ." 

މުސްލިމް އަޚުންނޭވެ! އުޑާއި ބިން އުފެއްދެވުމާއި، ރޭގަނޑާއި ދުވާލު ތަފާތު ކުރެއްވުމާއި، ގަސްގަހާގެއްސާއި މޭވާތަކާއި، އިންސާނުންނާއި ޖަނަވާރުތައް ޚަލްޤު ކުރެއްވުން، ދަލީލު ކޮށްދެނީ އެތަކެތި ހެއްދެވި ފަރާތެއް ވާކަމެވެ. މަޚްލޫޤުން ތަފާތުވުމާއި، އެތަކެތި ކިޔަމަންކުރައްވާފައިވާ ގޮތާއި އުފެއްދެވުމުގެ ފުރިހަމަކަން ދަލީލުކޮށްދެނީ ޚަލްޤުތަކުން ޚަލްޤު ކުރެއްވި ޚާލިޤަކު ވާކަމެވެ. އަދި ކޮންމެ ޞޫރައެއްގެ ފަހަތުގައި އެ ޞޫރަ ކުރި ފަރާތެއްވާނެކަމެވެ. މާތް الله ވަޙީ ކުރައްވާފައި ވެއެވެ. --- މާނައީ:" އެކަލާނގެއީ، الله އެވެ. ހުރިހާ އެއްޗެއް ހައްދަވާ ރަސްކަލާނގެއެވެ. ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެއެވެ. ޞޫރަކުރައްވާ ރަސްކަލާނގެއެވެ. އެންމެހާ ރިވެތި ނަންފުޅުތައް މިލްކުވެ ވޮޑިގެންވަނީ، އެކަލާނގެއަށެވެ."

މިއަދު އޮންލައިން