ޚުޠުބާ: ކޮންމެ އަޅުކަމެއްވެސް ޤަބޫލުފުޅުކުރައްވަވާނީ ތަޢުހީދާއެކުގައެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 45ސ
ޚުޠުބާ: ކޮންމެ އަޅުކަމެއްވެސް ޤަބޫލުފުޅުކުރައްވަވާނީ ތަޢުހީދާއެކުގައެވެ!

މުސްލިމް އަޚުންނޭވެ! މިމަތިވެރި އިސްލާމް ދީނުގެ އަސާސަކީ ތައުޙީދެވެ. އަދި މިދީނަކީ ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެ، އެކަލާނގެ އަޅުތަކުންނަށް ޝަރުޢު ކުރައްވާފައިވާ ހަމައެކަނި ދީނެވެ. އެކަލާނގެ ޤަބޫލު ކުރައްވާ ހަމައެކަނި ދީނެވެ.  ކީރިތި ރަސޫލާ z މައްކާގައި ތޭރަ އަހަރު ހޭދަ ކުރެއްވީ، މިދީނުގެ އަސާސް ކަމުގައިވާ ތައުޙީދަށް ގޮވައިލެއްވުމުގައެވެ. 

މިކަމަށް އިޝާރަތް ކުރައްވައި މާތް الله ވަޙީ ކުރައްވާފައި ވެއެވެ. -----   މާނައީ: "ހަމަކަށަވަރުން، اللهُ ގެ حَضْرَةُ ގައި، دِيْن އަކީ، إِسْلَامْ دِيْن އެވެ. އަދި، ފޮތް ލިބުނުމީހުން އެއުރެންނަށް (حَقُّ ގޮތް) އެނގުމަށްފަހުގައި މެނުވީ، އެއުރެން خِلَافُ ވެއެއް ނުގަނެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ حَسَدَ ވެރިކަމުގެ ގޮތުންނެވެ. الله ގެ آيِة ތަކަށް كَافِرُ ވާ މީހުން (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، الله އީ، حِسَابُ ބެއްލެވުން އަވަސްވެވޮޑިގެންވާ ރަސްކަލާނގެއެވެ." 

މުސްލިމް އަޚުންނޭވެ! عَبْدُ اللهِ بْنُ عُمَر رَضِيَ الله عَنْهُمَا ވިދާޅުވިއެވެ. ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (بُنِيَ الْإِسْلَامُ عَلَى خَـمْسَةٍ: عَلَى أَنْ يُوَحَّدَ اللهُ، وَإِقَامِ الصَّلَاةِ، وَإِيْتَاءِ الزَّكَاةِ، وَصِيَامِ رَمَضَانَ، وَالْـحَجِّ.)[1] މާނައީ: "އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ، މާތް اللهُ އެއްކައުވަންތަކުރުމާއި، ނަމާދު ޤާއިމުކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާން މަހު ރޯދަ ހިފުމާއި، ޙައްޖުވުމުވެ." މާތް الله އިންސާނުން ހައްދަވާފައިވަނީ އެކަލާނގެއަށް އަޅުކަންކުރުމަށްވާއިރު، އެ އަޅުކަން އަޅުކަމެއްގެ ގޮތުގައި ބެލެވޭނީ ނުވަތަ އަޅުކަމަކަށްވާނީ ތައުޙީދާ އެކުގައެވެ. އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ، އެއަޅުކަމެއް ފާސިދު ވާނެއެވެ. 

މިއަދު އޮންލައިން