މާފަށް އެދެންޖެހިއްޖެނަމަ މާފަށް އެދުމާ މާފުކުރުމަކީ އެކަމުގަ ދެމީހުން އިޚްލާޞްތެރިވެއްޖެނަމަ ދިރިއުޅުމުގެ އުފާވެރިކަން ކުރިއަށްވުރެ އިތުރުވާކަމެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
މާފަށް އެދެންޖެހިއްޖެނަމަ މާފަށް އެދުމާ މާފުކުރުމަކީ އެކަމުގަ ދެމީހުން އިޚްލާޞްތެރިވެއްޖެނަމަ ދިރިއުޅުމުގެ އުފާވެރިކަން ކުރިއަށްވުރެ އިތުރުވާކަމެއް! އިން ޝާ ﷲ

ދެމަފިރިންގެ ދިރިއުޅުމުގައި މައްސަލައެއް ކުރިމަތިވެ ޙައްލުކުރަން އުނދަގޫވެއްޖެނަމަ ފުރަތަމަ ކަމަކަށްވެސް ދެމަފިރިންވެސް އިސްތިޚާރާކުރާށެވެ! އިސްތިޚާރާ ދެމަފިރިންނަށް ވިސްނުނުގޮތް ތަފާތުވެއްޖެނަމަ އިތުރަށްވެސް އިސްތިޚާރާކުރާށެވެ. ދުޢާކުރަމުން ގެންދާށެވެ. ރަނގަޅު ގޮތް ވިސްނޭނެއެވެ. އިން ޝާ ﷲ 

ބައެއް ދެމަފިރިން، ދެމަފިރިންގެ މެދުގައި މައްސަލަތައް ކުރިމަތިވެފައިވާ ޙާލުގައިވެސް އެކުގައި ދަމުނަމާދުކުރެއެވެ. އަދި ދުޢާކުރެއެވެ. މިއީ ކުރިމަތިވެފައިވާ މައްސަލަ ޙައްލުކުރަން މަސައްކަތްކުރަން އޮތް އެންމެ ރަނގަޅު ގޮތެވެ. 

ދެމަފިރިންގެ މެދުގައި މައްސަލައެއް ކުރިމަތިވުމަކީ 2 މީހުންނަކީ 2 ދުޝްމިނުންނަށް ބަދަލުވެ ގުޅުންތައް ކަނޑާލަން އޮތް ސަބަބަކަށް ނުހަދާށެވެ! ފުރަތަމަ ކަމަކަށް އެކުވެރިކަމާއިއެކު އެ މައްސަލައެއް ޙައްލުކުރަން މަސައްކަތްކުރާށެވެ! ރޭއަޅުކަންކޮށް ދުޢާކުރާށެވެ! ދެމަފިރިންވެސް ދުޢާކުރާށެވެ! އެކަމެއްގެ ސަބަބުން ގެއްލުން ލިބުނު މީހާވެސް އަދި ގެއްލުން ދެވުނު މީހާވެސް ދުޢާކުރާށެވެ! 

މިރޭވެސް ތަކުރާރުކޮށްލާނަމެވެ! އެކަކަށް ކުށެއްކުރެވުމަކީ އެހިސާބުން ގުޅުން ކަނޑާލައި ދެމީހުންނަކީ ދުޝްމިނުންނަށް ބަދަލުވާންޖެހޭ ސަބަބަކަށް ނުހަދާށެވެ! މާފަށް އެދުމަށާއި މާފުކުރުމަށް އަވަސްވެގަންނާށެވެ! މައްސަލަ މައްސަލައިގައި މާފަށް އެދެންޖެހޭ މީހާ މާފަށް އެދި އަދި މާފުކުރަންޖެހޭ މީހާ މާފުކުރުމަށްފަހު އެކަންކަމަށް ދެމީހުންވެސް އިޚްލާޞްތެރިވެއްޖެނަމަ ކުރިއަށްވުރެ މާއުފަލުގައި ދިރިއުޅެވިފައިވަނީ މަދު މީހަކަށް ނޫނެވެ. އެކަން އެގޮތަށް ކުރެވުނު ގިނަ ބައަކަށްވަނީ އެކަން ތަޖުރިބާކުރެވިފައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން