ޚުޠުބާ: ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޢަމަލުކުރުން މަތީގަ ހުރި މީހަކަށް ޢަޛާބު ނުދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 27ސ
ޚުޠުބާ: ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް ޢަމަލުކުރުން މަތީގަ ހުރި މީހަކަށް ޢަޛާބު ނުދެއްވަވާނެ!

މުސްލިމް އަޚުންނޭވެ! ނަބަވީ ސުންނަތުގައި އަޅުތަކުން މާތް ﷲ سُبْحَانَهُ وَتَعَالَى  އަށް އަދާކުރަންޖެހޭ ޙައްޤާއި އަޅުތަކުންނަށް އެކަލާނގެ ދެއްވާނެ ޙައްޤު ވަނީ ބަޔާން ކުރައްވާފައެވެ. مُعَاذُ بْن جَبَلُ رَضِيَ الله عَنْهُ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ނަބިއްޔާ z ޙަދީޘް ކުރެއްވިއެވެ. (يَا مُعَاذُ، تَدْرِيْ مَا حَقُّ اللهِ عَلَى الْعِبَادِ؟ وَمَا حَقُّ الْعِبَادِ عَلَى اللهِ؟ قَالَ: قُلْتُ: اَللهُ وَرَسُوْلُهُ أَعْلَمُ، قَالَ: فَإِنَّ حَقَّ اللهِ عَلَى الْعِبَادِ أَنْ يَعْبُدُوا اللهَ، وَلَا يُشْرِكُوْا بِهِ شَيْئًا، وَحَقَّ الْعِبَادِ عَلَى اللهِ عَزَّ وَجَلَّ أَن لَّا يُعَذِّبَ مَن لَّايُشْرِكُ بِهِ شَيْئًا، قَالَ: قُلْتُ: يَا رَسُوْلَ اللهِ، أَفَلَا أُبَشِّرُ النَّاسَ، قَالَ: لَا تُبَشِّرْهُمْ فَيَتَّكِلُواْ.)[1] މާނައީ:"އޭ މުޢާޒެވެ. ކަލޭގެފާނަށް އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤުތަކާއި، އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤުތައް އެނގިވަޑައިގަންނަވާތޯއެވެ؟" ތިމަން ދެންނެވީމެވެ. ތިކަން މޮޅަށް ދެނެވޮޑިގެންވަނީ މާތް الله އެވެ. އަދި އެކަލާނގެ ރަސޫލާއެވެ! ޙަދީޘް ކުރެއްވިއެވެ. "އަޅުތަކުންގެ މައްޗަށްވާ އެކަލާނގެ ޙައްޤަކީ، ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމާއި، އެއްވެސް އެއްޗަކާ އެކަލާނގެއާއި ޝަރީކު ނުކުރުމެވެ. އަދި އެކަލާނގެ މައްޗަށްވާ އަޅުތަކުންގެ ޙައްޤަކީ، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާ މީހަކަށް ޢަޒާބު ނުދެއްވުމެވެ." ތިމަން ދެންނެވީމެވެ. އޭ މާތް الله ގެ ރަސޫލާއެވެ. ތިވާހަކައިން މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ތިމަން ދެއްވަންތޯއެވެ! ޙަދީޘް ކުރެއްވިއެވެ. "ނޫނެކެވެ. އެޚަބަރު ނުދެއްވާށެވެ! އޭރުން އެމީހުން އެކަމުގެމައްޗަށް ބަރޯސާ ކޮށްފާނެތެވެ.

މުސްލިމް އަޚުންނޭވެ! اَلشَّيْخُ عَبْدُ الْعَزِيْزِ بْنُ بَازُ رَحِمَهُ الله ވިދާޅުވެފައިވެއެވެ. އެންމެ މަތިވެރި ކަލިމައަކީ "لَا إِلَـٰهَ إِلَّا اللهُ" އެވެ. ދީނާއި މިއްލަތުގެ އަޞްލަކީ އެއީއެވެ. އަދި ރަސޫލު ބޭކަލުން، އެބޭކަލުންގެ ޤައުމުތަކަށް ރިސާލަތު ފެއްޓެވީ އެ މަތިވެރި ކަލިމައިންނެވެ. އެއީ އަންނަނިވި އާޔަތުގައި ބަޔާންކުރައްވާފައިވާ ފަދައިންނެވެ. ---- މާނައީ:"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ މެނުވީ އިލާހަކު ނުވާކަމަށް އެބޭކަލަކަށް وَحِيْ ނުކުރައްވާ އެއްވެސް رَسُوْل އަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަން ރަސްކަލާނގެއަށް އަޅުކަން ކުރާށެވެ!" 

މިއަދު އޮންލައިން