ކައިވެނިކުރުމަށްފަހު އެއްދާން ނުކުރުމަކީ ދެމަފިރިންކުރެ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫން! އިންތިޒާރުކުރަން ޖެއްސުވުމަކީވެސް ފާފަވެރިވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ކައިވެނިކުރުމަށްފަހު އެއްދާން ނުކުރުމަކީ ދެމަފިރިންކުރެ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫން! އިންތިޒާރުކުރަން ޖެއްސުވުމަކީވެސް ފާފަވެރިވާނެ ކަމެއް!

ކައިވެނިކުރުމަށްފަހު އެއްދާން ނުކުރުމަކީ ދެމަފިރިންކުރެ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. ދެމަފިރިންކުރެ ކޮންމެ މީހަކު އެކަންކުރަން ބޭނުންވި ނަމަވެސް ޖެހޭނީ ކުރާށެވެ. މަނާވެގަނެވޭނީ ﷲ ތަޢާލާ ހުއްދަ ކުރެއްވެވި އިންތަކުގެ ތެރެއިންނެވެ. 

އެއީ ތިމާގެ ޞިއްހަތު ތަންނުދިނުން، ޙައިޟުގެ ދުވަސްވަރާއި ނިފާސްކަމުގެ ދުވަސްވަރު ފަދަ ތިމާގެ އިޚްތިޔާރުން ބޭރުގައިވާ ޙާލަތްތަކުގައެވެ. އެދުވަސްތަކުގައި އަނބިންނަށް ރަޙުމްކުރުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. 

ޙައިޟުގެ ދުވަސްވަރާއި ނިފާސްކަމުގެ ދުވަސްވަރުގައި އެކުގައި ނިދުމަކީ މައްސަލައެއް ނޫނެވެ. ލޯބި ދެމެހެއްޓުމަށްޓާކައި އެއީ ކުރަންޖެހޭނެވެސް ކަމެކެވެ. އަދި އެދުވަސްވަރަށް ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރެއިން ލޯބިކުރުމަކީވެސް މައްސަލައެއް ނޫނެވެ. 

މީގެ އިތުރުން އެއްދާންކުރަން ބޭނުންވެގެން އިންތިޒާރުކުރަން ޖެއްސުވުމަކީ ކުރެވޭ ފާފައެއް ކަމަށާއި އަނެކާއަށް ދެވޭ އަނިޔާއެއް ކަމަށްވެސް ބައެއް ޢިލްމުވެރިން ފާހަގަކުރައްވައެވެ. އެހެންކަމަށްވާއިރު ދިރިއުޅެން މަސައްކަތް ކުރަން ޖެހިގެން ނުވަތަ މުހިންމު ސަބަބެއް އޮވެގެން ނޫނީ މަސް ދެމަސްވަންދެން އަނބިމީހާ ނިދާއިރު ލޮލަށް ނުފެނި ގެއިން ބޭރުގައި އުޅެން ފިރިންނަށް ހުއްދަވާނީ ކިހިނަކުން ހެއްޔެވެ؟ 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަހުރެމެންނަސް އޮތީ އާޚިރަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރުމެވެ. އެމަސައްކަތްވެސް ރަނގަޅަށް ކުރެވޭނީ ދެމަފިރިންގެ މެދުގައި އޮންނަން ޖެހޭ ގުޅުން ރަނގަޅުގޮތުގައި އޮވެގެންނެވެ. ދިރިއުޅުމުގެ ކަންކަން އިޞްލާހްކުރަން މިފަދަ ނަޞޭޙަތް ދޭންޖެހެނީ އެހެންވެގެންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން