ކައިވެނީގެ ކުރިން އޮތީ ޞަދަޤާތް ކުރުމެވެ! ވަލީމާ ދޭންވީ ކައިވެނިކުރެވުމުންނެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ކައިވެނީގެ ކުރިން އޮތީ ޞަދަޤާތް ކުރުމެވެ! ވަލީމާ ދޭންވީ ކައިވެނިކުރެވުމުންނެވެ!

---އޭގެ ދުވަސްކޮޅެއްފަހުން ޢުބައިދުﷲ މުތުރައްދުވެގެންވާ ޙާލު މަރުވެއްޖެއެވެ. އޭނާ މަރުވެ، އުއްމުޙަބީބާގެ އިއްދަ ފުރިހަމަވިތަނާ އެކަމަނާއަށް ވަރަށް ރީތި ހުވަފެންފުޅެއް ފެނިވަޑައިގެންނެވިއެވެ. މީހަކު އައިސް އެކަމަނާއާ މުޚާތަބުކޮށް [އޭ މުއުމިނުންތަކުގެ މަންމާ] އޭ ގޮވައިލައްވާ މަންޒަރެވެ. އެކަމަނާ ތެދުވެވަޑައިގެން ވިސްނާވަޑައިގެންނެވުމުން، އެ ހުވަފެންފުޅުގެ ތަޢުބީރަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބެއްލެވުންކަން އެނގިވަޑައިގެންނެވިއެވެ. 

އޭގެފަހުން އެއްދުވަހަކު ނަޖާޝީގެ ޚާއްޞަ ޚާދިމާއެއްކަމުގައިވާ އަބްރަހާ އައިސް އުއްމުޙަބީބަތުގެފާނަށް ވަރަށް އުފާވެރި ޚަބަރެއް ދެއްވިއެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم ނަޖާޝީ ރަސްގެފާނަށް ސިޓީފުޅެއް ލިޔުއްވައިގެން އުއްމުޙަބީބަތުގެފާނާ ކާވެނި ބައްލަވަން އެދިވަޑައިގެންވި ކަމުގެ ޚަބަރެވެ. އުއްމުޙަބީބަތުގެފާނަށް އެ ޚަބަރުލިބިވަޑައިގެން އެކަމަނާ ވަރަށް އުފާފުޅު ކުރެއްވިއެވެ. އެކަމުގެ އުފާފުޅުގައި އެކަމަނާގެ އަތްޕުޅުގައި ހުރި ބައެއް ގަހަނާތައް އަބުރަހާއަށް ވެދުން ކުރެއްވެވިއެވެ. އަދި އެކަމަނާގެ ފަރާތުން ކާވެނީގެ ވަކީލެއްކަމުގައި ޚާލިދު ބުނު ސަޢީދު ބުނުލް ޢާޞް  ހަމަޖައްސަވައި ފޮނުއްވާނެކަމުގައި ވިދާޅުވިއެވެ. 

އުންމު ޙަބީބާގެ ސިޔަރަތުން: 

{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 189} 

- ޢަލީ އިޙްޞާން ފިރާޤް 

މިލިޔުން ހާމަމިކުރީ ބައެއް ކިޔުންތެރިން ކުރައްވާފައިވާ ސުވާލުތަކަކާއި ގުޅިގެންނެވެ. 

މިލިޔުންކޮޅުން ދެކަމެއް ފާހަގަކޮށްލާނަމެވެ. ފުރަތަމަ ކަމަކީ ހެޔޮލަފާ މީހުންނަށް ހުވަފެނުގައި އުފާވެރިކަމުގެ ޚަބަރުތައް ﷲ ތަޢާލާ ދެއްވަވާކަމެވެ. ދެވަނަ ކަމަކީ އެމީހަކު ބޭނުންވާ މީހަކާއި ކައިވެނިކުރެވޭނަމަ އެކަމުގެ އުފަލުގައި ކުރަން އޮތްކަމަކީ ޞަދަޤާތްކުރުން ކަމެވެ. 

ހަމައެއާއިއެކު ދަރިއަކު ލިބުމުން ކުރަންވީ ކަންކަންވެސް އެނގެން އެބައޮތެވެ. 

1 ދަރިއަކު ލިބުމުން ﷲ ތަޢާލާއަށް ޙަމްދުކުރުމާ އެދަރިފުޅަކީ ތަޤްވާވެރި ކުއްޖަކުކަމުގައި ލެއްވެވުން އެދި ދުޢާކުރުން 

2 ހަތްދުވަސްވުމުން ބޯބާލައި ކިރައި ބަރުދަނަށް ރިހިން އަގުކޮށް ޞަދަޤާތްކުރުން

3 ޤުރްބާންކޮށް ނަންކިޔައި ޞަދަޤާތްކުރުން 

ދީނުގައި ނެތްކަންކަން ބޭރުން އެތެރެކުރުމާއި އިތުރަށް ކަންކަން އުފެއްދުމަކީ ދީނުގައިވާ މަގު ނުވަތަ ކުރަން ބަޔާންވެގެންވާ ކަންކަން އޮޅިގެން ހިނގައިދާނެ ކަންކަމެވެ. މުސްލިމުންނަށް އޮތީ ކޮންމެ ކަމެއްވެސް ދީނުގައި އޮތްމަގުން ކުރުމެވެ. 

މައުލޫމާތު: އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން