އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެ ވިސްނުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
އެއްވެސް މީހަކަށް އެއްވެސް ފައިދާއެއް ނުކުރާނެ ވިސްނުމަކީ ކޮބައިކަން އެނގޭހެއްޔެވެ؟: މުފްތީ މެންކް

މިޒަމާނުގައި އެއްވެސް ފައިދާއެއް ނުކުރާނެ ކަންކަމަށް ސުމެއްގެ ކަންކަންވެސް ކިޔައެވެ. އެއީ ސުމަކީ އެއްވެސް ޢދަދަކަށް ނުވާތީއެވެ. ކިތަންމެ ބައިވަރު ސުމެއް ލިޔުނަސް އެއީ ޢަދަދަކަށް ނުވާނެއެވެ. ވާނީ ހަމަ ސުމަކަށެވެ. 

ސުމެއްގެ ވިސްނުމަކީ ކޮބައިހެއްޔެވެ؟ ސުވާލުކުރެވިއްޖަނަމަ ގިނަ ބައަކު ބުނާނީ އެއީ އެކަމެއް ކުރުމުން ތިމާއަށް އެއްވެސް ފައިދާއެއް ނުކުރާނެ، އަދި ގެއްލުން ލިބޭނެ ވިސްނުން ކަމަށެވެ. އެއީ ހަމަ އެކަން އޮތްގޮތް ވެސް މެއެވެ. 

އަހަރެންގެ ނަޒަރުގައި ސުމެއްގެ ވިސްނުމަކީ މާދަން ކުރިމަތިވެދާނެ ކަންކަމާއިމެދު ކަންބޮޑުވެ އެކަންކަމަށް ވިސްނުމެވެ. އެހެނީ މާދަން އެއްވެސް ވާނެ ގޮތް އެނގެނީ ކާކަށް ހެއްޔެވެ؟ އެއްވެސް މީހަކަށް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. އެކަމަށް އަހުރެމެން ކިތަންމެ ވަރަކަށް ވިސްނިނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެންމެ ކުޑަމިނުން މާދަމާ އަހުރެމެން ދުނިޔޭގައި ތިބޭނެކަން ނުވަތަ ނޫންކަންވެސް ނުއެނގޭނެއެވެ. 

ވީމާ މާދަމާ ވާނެ ގޮތް ﷲ ތަޢާލާއަށް ދޫކޮށްލާށެވެ! މާނައަކީ ﷲ ތަޢާލާއަށް ވަކީލުކުރާށެވެ. އަދި ވަކީލު ކުރުމާއިއެކު މިއަދު ތިމާއަށް ކުރެވެން ހުރި ކަންކަން ކުރަން އަވަސްވެގަންނާށެވެ! ވީހައި ގިނަ ހެޔޮ އަމަލުތައް ކުރާށެވެ.

މާދަމާ ކަންކަން ވެދާނެ ގޮތަކާއިމެދު ވިސްނުމަކީ ސުމެއްގެ ކަމަކަށްވާ ސަބަބަކީ އެކަމަށް ވިސްނައި ފިކުރުކުރަން ހޭދަކުރާ ވަގުތުތަކަކީ ބޭކާރު ވަގުތުތަކެއް ކަމުގައިވާތީއެވެ. ތިމާއަށް އެކަމުން އެއްވެސް ފައިދާއެއ ނުކުރާނެތީއެވެ. 

ވީމާ ކޮންމެ ދުވަހަކީވެސް ފިޔަވަޅަކަށްފަހު ފިޔަވަޅެއް ކުރިއަށް އަރާ ދުވަހަކަށް ހަދާށެވެ! ކާމިޔާބީ ދާނީ ފެންނަމުންނެވެ. އިން ޝާ ﷲ! 

ކައިވެނީގެ ޙަފްލާއެއްގައި ބައަކު ކީ މަދަހައެއްގައި މާދަމާ ވާނެ ކަންކަން ރަސޫލް ()އަށް އެނގިވަޑައިގަންނަވާ ކަމަށް ކިޔުމުން އެހެން ނުކިޔަން ޙަދީޘްފުޅު ކުރެއްވެވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވެވިއެވެ. "މާދަމާ ވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ." 

Girls were singing on marriage occasion:

 'Among us there is a Prophet who knows what will happen tomorrow.'

 He () said: "Do not say this, for no one knows what will happen tomorrow except Allah.”

— Ibn Majah, Hadith 1897 

ވީމާ މާދަމާވާނެ ކަންކަމަށް ވިސްނަން ވަގުތު ހޭދަކުރުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

- މުފްތީ މެންކުގެ ދަރުސަކުން 

 

މިއަދު އޮންލައިން