ކައިވެނީގެ ކުރިން އަންހެނާގެ ހަށިގަނޑުން ބެލުން ހުއްދައީ ކިހާ މިންވަރެއް ކަމާއިމެދު ޢިލްމުވެރިންގެ މެދުގައި ކުދިކުދި ޚިލާފްތައް އެބަހުއްޓެވެ. ގިނަ ޢިލްމުވެރިން ޤަބޫލުފުޅުކުރައްވާ ގޮތުގައި ބެލުން ހުއްދަވެގެންވަނީ މޫނާއި ދެއަތްތިލައެވެ.
އަހުރެން މިވާހަކަކޮޅު މިބުނީ ކައިވެނީގެ ކުރިން އަންހެނާގެ ހަށިގަނޑުން ބެލުން ހުއްދަވެގެންވާ މިންވަރާއިމެދު ގިނަ ބައަކު ސުވާލުކުރާތީއެވެ. އަހުރެންނަށް އެނގި އޮތް މިންވަރުން އޮޅުންފިލުވައި ދިނުމަށެވެ. ހުއްދަވެގެންވާ އިން ފަހަނައަޅައި ނުދިއުމަށް ބާރުއެޅުމުގެ ގޮތުންނެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
--ބިލާލް އައްސަދު
ޖުމްހޫރު ޢިލްމުވެރިން އެއްބަސްވެލައްވާ ގޮތުގައި ކައިވެނީގެކުރިން އަންހެނާގެ ހަށިގަނޑުން ބެލުން ހުއްދަވެގެންވަނީ މޫނާއި ދެއަތްތިލައެވެ. އަދި މިފަދަ ކަމެއްގައި ވަކިވަކި ޢިލްމްވެރިންގެ ފަތުވާތައް ޤަބޫލުކުރުމެއް ނެތެވެ. އޮތީ ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔު ޤަބޫލުކޮށް ޢަމަލުކުރުމެވެ. --ޝައިޚް ޝަފީޢު ޢަބްދިﷲ
ވިސްނާލަންވީ ފަހުޒަމާނުގެ ބޮލުގައި އަޅުވާފައި މިއަދު ގިނަ ބައަކަށް ޢަމަލުކުރެވެމުންދާ ގޮތަށެވެ. ކުރެވޭ ކަންކަމަށެވެ.