އަޅުގަނޑާއިމެދު އަޅުގަނޑުގެ ފިރިމީހާގެ މައިންބަފައިން ކަްނަކްނ ކުރަނީ ރަނގަޅަށް ނޫންކަން ފިރިމީހާއަށް އެނގެއެވެ. ނަމަވެސް އެއްވެސް ބަހެއް ނުބުނެއެވެ. ފިރިމީހާ ބުނަނީ މައިންބަފައިންނަށް ބަހެއް ބުނެފިނަމަ ފާފަވެރިޥާނެ ކަމަށެވެ.
އަޅުގަނޑުގެ ސުވާލަކީ އެއީ ދީނުގައި ހަމަ އެކަން އޮންނަ ގޮތްތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބެން ދޫކޮށްލަން ދީނަކު ނެތެވެ. އޮތީ އެކަމަކުން ސަލާމަތްކުރަން މަސައްކަތްކުރުމެވެ.
ތިރީގައިވާ ލިޔުމުން ފުރިހަމަ ޖަވާބެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ
ތިމާފގެ މައިންބަފައިން ތިމާގެ އަނބިމީހާއާއި މެދު ބޭއިންސާފު ޢަމަލު ކުރާނަމަ އެކަން އެދެމީހުނަށް ބުނެދީ އެކަން އިސްލާހު ކުރަން މަސައްކަތްކުރުމަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުމެއް ނޫނެވެ.
އަދި އަނބިމީހާ ވެސް މައިންބަފައިނަށް އިހާނެތިކޮށް ހިތަނީނަމަ އެކަން އިސްލާހު ކުރަން މަސައްކަތްކުރުމަކީ ތިމާގެ ޒިންމާއެކެވެ. ޢަދުލުވެރިވާށެވެ
މައިންބަފައިނަށް އިހްސާންތެރިވުމަށް އަމުރުކުރައްވާފައިވާ ފަދައިން އަނބިމީހާއަށްވެސް އޯގާތެރިވުމަށާއި ޙައްގުތައް ދިނުމަށް އިސްލާމް ދީނުގައި ވަނީ ޢަމުރުކުރައްވާފައެވެ. އެއިން އެއްވެސް ކަމަކަށް އިހުމާލުވުމަކީ ފާފަވެރިވާނެކަމެކެވެ.
--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް