އެންމެ ފުދުންތެރި މީހުންގެ ތެރެއިން ވުމަށް އޮތް މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
އެންމެ ފުދުންތެރި މީހުންގެ ތެރެއިން ވުމަށް އޮތް މަގު-

ފަހެ ރިޒްޤު ހޯދުމުގައި އެމީހެއްގެ ގުނަވަންތައް ބޭނުންކޮށްގެން މަސައްކަތްކުރުމާއެކު ދީލަތިވަންތަ ޚާލިޤުވަންތަ ﷲ އަށް އެމީހެއްގެ ހިތުން ވަކީލުކުރާށެވެ. 

އަދި ދުނިޔަވީ ޙަޔާތުގެ އުންމީދުތަކަށް މާ ބޮޑަށް ޝައުޤުވެރި ނުވާށެވެ.

އެކަމުގެ ސަބަބުން ވަކީލުކުރުމުގެ ދާއިރާއިން ތިބާ ބޭރުވެ، އެކަންކަން ޙާޞިލުކުރުމުގައި ހަމައެކަނި ސަބަބުގައި ހިފާ މީހަކަށްވެ، ވަކީލުކުރުން ދޫކޮށްލާ މީހަކަށް ވެދާނެއެވެ.

ތަޢާލާ ތިބާއަށް ދޮރެއް ބަންދުކުރައްވައިފިނަމަ އެއިލާހުގެ ރަޙްމަތުން އެއަށްވުރެ ފައިދާ ބޮޑު ދޮރެއް ހުޅުއްވާ ދެއްވާނެއެވެ.

ފަހެ އެންމެ ބާރުގަދަ މީހުންގެ ތެރެއިންވުމަށް އެދޭ މީހާ ﷲ އަށް ވަކީލުކުރާށެވެ.

އަދި އެންމެ ފުދުންތެރިމީހުންގެ ތެރެއިން ވުމަށް އެދޭމީހާ ދަންނައެވެ.

އެމީހެއްގެ އަތުގައިވާ އެއްޗަކަށް ވުރެވެސް ބޮޑަށް ﷲ ތަޢާލާގެ އަތްޕުޅުގައިވާ އެއްޗަކާމެދު އޮންނަ ޔަޤީންކަން އިތުރުކުރާށެވެ.

"خطوات إلى السعادة لد. عبدالمحسن القاسم (ص:  46)"

 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން