އިބްރާހީމްގެފާނުގެ ބައްޕާފުޅު ނަރަކައަށް އެއްލައިލެވުން- ކޮންމެ މުސްލިމަކު ލިބިގަންނަންޖެހޭ މުހިންމު ފިލާވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
އިބްރާހީމްގެފާނުގެ ބައްޕާފުޅު ނަރަކައަށް އެއްލައިލެވުން- ކޮންމެ މުސްލިމަކު ލިބިގަންނަންޖެހޭ މުހިންމު ފިލާވަޅު!

ޤިޔާމަތް ދުވަހު މަޙްޝަރުގެ މައިދާނުގައި ﷲ ތަޢާލާގެ ޚަލީލް އިބްރާހީމްގެފާނަށް، އެކަލޭގެފާނުގެ ބައްޕާފުޅު ވަރަށް ނިކަމެތިޙާލުކޮޅުގައިވަނިކޮށް ފެނިވަޑައިގަންނަވާނެއެވެ. އެހިނދު އިބްރާހީމްގެފާނު ވިދާޅުވާނެއެވެ. "ބައްޕަ އަޅުގަނޑުގެ ބަސް ޤަބޫނުކުރީ ކީއްވެގެންތޯއެވެ؟" ޖަވާބުގައި ބައްޕަ ވިދާޅުވާނެތެވެ. "މިއަދު ދަރިފުޅު ބުނިހައި ބަހެއް (އިބްރާހީމްގެފާނު ވިދާޅުވި ކޮންމެ ބަސްފުޅެއް) ޤަބޫލުކުރާނަމެވެ." 

އެހިނދު އިބްރާހީމްގެފާނު ﷲ ތަޢާލާއަށް ދަންނަވާނެތެވެ. "މިއަޅާގެ ހިތްދަތިވާނެ އެއްވެސް ކަމެއް ޤިޔާމަތް ދުވަހު ނުދައްކަވާނެކަމަށް ވަޙީކުރެއްވެވީމެއް ނޫންތޯއެވެ؟" ޖަވާބުގައި ވަޙީކުރައްވަވާނެތެވެ. "(ތިމަން ﷲ އަށް އީމާން ނުވާ،) ޝަރީކުކުރި މީހުންނަށް ސުވަރުގެ ވަނީ ޙަރާމްކުރެވިގެންނެވެ." (ސުވަރުގެ ނުވައްދަވާނެތެވެ.) 

ލިބިވަޑައިގެންނެވި ހިތާމަފުޅުބޮޑުކަމުން ހުންނަވަނިކޮށް ﷲ ތަޢާލާގެ އެންގެވުމަށް ބިންމައްޗަށް ބައްލަވައިލައްވަވާއިރު ފެނިވަޑައިގަންނަވާނީ ކަތިލެވިފައިވާ ޖަނަވާރެކެވެ. އެޖަނަވާރުގެ ހަތަރެސްފައިގައި ހިފައި ނަރަކައަށް އެއްލައިލެވޭތަނެވެ. 

އެއެއްލައިލެވެނީ އިބްރާހީމްގެފާނުގެ ބައްޕާފުޅެވެ. އެހެނަސް ބައްޕާފުޅުގެ ސިފައިގައި ﷲ ތަޢާލާ ނުދެއްކެވީއެވެ. 

ވިސްނައިލާށެވެ! އިބްރާހީމްގެފާނުގެ ބައްޕާފުޅުވަނީ ދުނިޔޭގައި އިބްރާހީމްގެފާނު ބިޔަ އަލިފާންގަނޑަށް އެއްލައިލެވުމުން އުފާކުރައްވައިފައެވެ. އެދުވަހު ބައްޕަ އެ އެއްލައިލެވެނީ މާބޮޑު، މާހޫނު ގަދަ މުޅިން ތަފާތު އަލިފާންގަނޑަކަށެވެ. 

މީސްތަކުންގެ ތެރެއިން އިސްލާމް ދީން ދޫކޮށް ކާފިރުވަނީ މަދުބައެކެވެ. އެމީހުންނާއި އަދި ޣައިރު މުސްލިމުންނާއި އަދި އިސްލާމްދީނަށް ޢަމަލުނުކުރާ މީހުން ލިބިގަންނަވީ ފިލާވަޅަކީ ޤިޔާމަތް ދުވަހަކީ އެއްވެސް މީހެއްގެ ބާރު ހިނގާނެ ދުވަހެއް ނޫންކަމެވެ. ތަންފީޛްކުރެވޭނީ ހަމައެކަނި ﷲ ތަޢާލާގެ ޙުކުމްފުޅުތައް ކަމެވެ. ސަލާމަތްކަން ލިބުން އޮތީ ﷲ ތަޢާލާގެ މަގުގައި ޘާބިތުވެވިގެންކަމެވެ. 

ﷲ ތަޢާލާގެ މިތުރު ކަމުގައި ކަނޑައެޅުއްވެވި އިބްރާހީމްގެފާނަށް އެކަލޭގެފާނުގެ ބައްޕާފުޅު ނަރަކައިން ސަލާމަތް ނުކުރެއްވެވުނުއިރު އަހުރެމެން އެއްވެސް މީހަކަށް ނުވަތަ އެއްވެސް އިންސާނަކަށް އެދުވަހު ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ 

- މައްލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން