ލޮލާ ހިތާ ހުރިގުޅުން-: ލޯ ޤަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ ހިތާގުޅުންހުރި ގިނަ ބޮޑެތި ބަލިތަކަކުން ސަލާމަތްކޮށްދޭ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ލޮލާ ހިތާ ހުރިގުޅުން-: ލޯ ޤަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ ހިތާގުޅުންހުރި ގިނަ ބޮޑެތި ބަލިތަކަކުން ސަލާމަތްކޮށްދޭ ކަމެއް!

އިންސާނާގެ ކޮންމެ ގުނަވަނަކީވެސް ވަރަށް މުހިންމު ގުނަވަނެކެވެ! އެއިގެ ތެރެއިންވެސް ލޮލަކީ ޚާއްޞަ ގުނަވަނެކެވެ. އެހެންކަމާއިއެކުވެސް ގިނަ ބައަކު އެންމެ ބޮޑަށް ފަރުވާކުޑަކުރާ އެއްކަމަކީ އެމީހުންގެ ލޯ ޑޮކްޓަރަށް ދެއްކުމެވެ. 

ލޮލުގެ ޚާއްޞަ ޑޮކްޓަރަށް ލޯ ޤަވާއިދުން ދެއްކަމުން ގެންދިއުމަކީ ގިނަ ބޮޑެތި ބަލިތަކަކުން ސަލާމަތްކޮށްދޭ ކަމެކެވެ. އެއިގެ ތެރޭގައި ލޭމައްޗަށްދިއުން، ސްޓްރޯކްޖެހުން، ކޮލޮސްޓްރޯލް މަތިވުން ފަދަ ނުރައްކައުތެރި ބަލިތައްވެސް ހިމެނެއެވެ. 

ލޭމައްޗަށް ދިއުމަށް ބަލައިފިނަމަ ލޭމައްޗަށް ދިއުމުގެ ބަލި ހުންނަ މީހުންގެ ތެރެއިން 80 އިންސައްތަ މީހުންނަށް ބަލީގެ ކުރީކޮޅުގައި އެކަން ފާހަގައެއް ނުކުރެވެއެވެ. ނަތީޖާއަކަށްވަނީ ކުއްލިއަކަށް ބޮޑު ގެއްލުމެއް ލިބުމެވެ. ކޮލޮސްޓްރޯލްމަތިވެގެން ސްޓްރޯކް ޖެހުންވެސް މެދުވެރިވަނީ މިފަދަ ނުރައްކައުތެރިކަން ބޮޑު ގޮތަކަށެވެ. 

ލޯ ޑޮކްޓަރުންނަށް ޤަވާޢިދުން ދައްކަންވީ ލޯއަނދިރިވާން ފެށުމަކުން ނޫނެވެ. އެހެނިހެން ބަލިތަކުން ސަލާމަތްވެވެން އޮތް ވަސީލަތަކަށްވާތީއެވެ. ސަމާލުކަންދޭންވީ ބޮޑު އަގެއް ދައްކަން ޖެހުނު ނަމަވެސް ލޮލުގެ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމަށެވެ. ލޯ ފުރިހަމައަށް ބަލައި ޓެސްޓްކޮށްދޭނެ ޑޮކްޓަރުންނަށް ދެއްކުމަށެވެ. ފައިދާކުރާނީ ފުރިހަމައަށް ބަލައި ޓެސްޓްކުރެވުމުންނެވެ.

މިއަދު އޮންލައިން