ދޮށީ އަނބިމީހާއަށް ސިއްރުން ކައިވެނިކުރުން ހުއްދަވާނެތޯ؟ ކައިވެނިކުރުމަށްފަހު ކައިވެނި ސިއްރުކުރުން ހުއްދަވާނެތޯ؟
ކިޔުންތެރިއަކު ކުރައްވާފައިވާ މި 2 ސުވާލަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވި ޖަވާބަކީ:
"ވަލީ ހޯދަންޖެހެނީ ވަލީވެރިޔާގެ އަތުންނެވެ. ދޮށީ އަނބީގެ އަތަކުން ނޫނެވެ. (ދޮށީ އަނބީގެ ރުހުން ހޯދުމަކީ) ލާޒިމް ކަމެއް ނޫނެވެ. ސުންނަތްގޮތަކީ (ކައިވެނިކުރިކަން) އިޢްލާން ކުރުމެވެ. ސިއްރު ކުރިނަމަވެސް ފާފަވެރި އެއް ނުވާނެއެވެ. އަދި ސުންނަތުގައި އޮތީ ކައިވެނިކުރިކަން އިޢުލާނުކުރުން ނަމަވެސް އިޢުލާނު ނުކޮށް ހުރުމަކުން ކައިވެނީގެ ޞައްޙަ ކަމަކަށް ބަދަލެއް ނުއަންނާނެއެވެ."
ޝައިޚުގެ ޖަވާބުން އެނގިގެންދަނީ ދޮށީ އަނބިމީހާއަށް ސިއްރުން ދެވަނަ ކައިވެނިކުރިނަމަވެސް ކައިވެނި ހުއްދަވާނެކަމެވެ. އަދި ދޮށީ އަނބިމީހާގެ ރުހުން ހޯދުމަކީވެސް ކޮންމެހެން ކުރަން ލާޒިމް ކަމެއް ނޫންކަމެވެ.