ﷲ އަށްޓަކާ ކުރާ އާދޭސް! ކަށުނަމާދު ކުރުމަކީ މައިކް ހިއްޕަވާ އިމާމް ބޭނުންވާހައި ގޮތަކަށް ކުރާ ކަމަކަށް ނުވާނެ އުޞޫލެއް ކަނޑައަޅައިދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ﷲ އަށްޓަކާ ކުރާ އާދޭސް! ކަށުނަމާދު ކުރުމަކީ މައިކް ހިއްޕަވާ އިމާމް ބޭނުންވާހައި ގޮތަކަށް ކުރާ ކަމަކަށް ނުވާނެ އުޞޫލެއް ކަނޑައަޅައިދެއްވާ!

އިސްލާމް ދީނުގެ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދެވި އަހަރުތަކެއް ފާއިތުވެގެން ދިއުމުގެ ހިތިކަން މިއަދު މިވަނީ ހުރިހާ ކަމަކުން އިޙްޞާޞްކުރަން ޖެހިފައެވެ. އިސްލާމް ދީނަށް ނަޞްރުދިނުމުގެ ނިޔަތް ނެތް 5 އަހަރު ފާއިތުވުމުން އިޞްލާޙްކުރަން ނުޖެހޭ ކަމެއް ނެތް ހިސާބަށް މިވަނީ ކަންކަން ގޮސްފައެވެ. 

ކަށުނަމާދުކުރުމަކީވެސް އަދު ކަށުނަމާދަށް ސަފު ހެދުމަކީވެސް ވަކި ގޮތަކަށް ކުރަންޖެހޭ ކަންކަންކަމުގައި ފޮތްތަކުގައި ލިޔެވިފައިހުއްޓައި ފެނެއެވެ. ނަމަވެސް ރާއްޖޭގައި ޢަމަލުކުރެވެމުން މިދާ ގޮތްގޮތަށް ޢަމަލުކުރަން ލިޔެވިފައި އޮތް ފޮތެއް އަދި ނުފެނެއެވެ. 

އިހައްރޭ ހުޅުމާލޭ ސަހަރާ މިސްކިތުގައި ކުއްލިއަކަށް ނަމާދު ފެށުމުން ކޮޅުކޮޅަށް ދުވަންޖެހިގެން ގިނަ ބައަކަށް 2 ރަކްއަތް ގެއްލުނެވެ. ނަމާދުކުރީ 3 ސަފުބުރިއާއިއެކުގައެވެ. 

މިއަދު ފުރްޤާން މިސްކިތް ނުވެސް ފުރެއެވެ. ރީތިކޮށް ސަފުހަދައިގެން ތިއްބާ ކުއްލިއަކަށް އިމާމް އެންގީ ސަފުތައް ކައިރިކުރުމަށެވެ. ދެން އެކަން ކުރަން އުޅެން ހަދައިގެން އެތައް މަސައްކަތަކުން ސަފުތައް ތަރުތީބުކުރަން ކުރިމަތިވި ދަތިތައް ފެންނާނީ އެމަންޒަރު ބަލަންހުރި މީހަކަށެވެ. 

ސަފުގާތްކުރާ ޢަދަށް މީހުން ތިބެގެން ސަފުތައް ގާތްކުރާނަމަ ވަޤުތުނަގާނުލައި ކުރިއާލައި އެކަން ހާމަކުރަން އެބަޖެހެއެވެ. މަދު ސަފުބުރި ތަކަކާއި ނުލައި ނަމާދުކުރެވޭނެ ގޮތެއްވެސް ހޯދަން އެބަޖެހެއެވެ. ވީމާ އިސްލާމިކް މިނިސްޓްރީން މިކަންކަން ރަނގަޅަށް ބައްލަވައި ދިރާސާކުރެއްވުމަށްފަހު މިކަންކަމަށް ހަރުދަނާ އުޞޫލުތަކެއް ހަމަޖައްސަވައި ދެއްވުމަޚީ ގިނަބައެއްގެ އާދޭހެކެވެ.

މިއަދު އޮންލައިން