ރަމަޟާން މަސް ފެށެންދެން މަޑުނުކޮށް ވިތުރިއާ ދަމުނަމާދުކުރަން އަވަހަށް ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ރަމަޟާން މަސް ފެށެންދެން މަޑުނުކޮށް ވިތުރިއާ ދަމުނަމާދުކުރަން އަވަހަށް ފަށާށެވެ!

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ ވީހައި ގިނަ އަޅުކަންކުރަން ތައްޔާރުވުމެވެ. އެއަށްވުރެ މުހިންމު ކަމެއް ނެތެވެ. ގޭތެރެ ޒީނަތްތެރިކުރުމާއި ފަރުނީޗަރު ހޯދުން ފަދަ ކަންކަމަށް ފައިސާ ޚަރަދުކުރަންޖެހުނަސް މިކަމަކަށް ފައިށާ ބޭނުމެއް ނުވެއެވެ. ބޭނުންވަނީ ހިތްވަރެވެ.

ހިތާމައާއިއެކުވެސް ބުނަން ޖެހެނީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ޢާންމުކޮށް ވިތުރިއާއި ދަމުނަމާދުކުރާ ބައެއް ނޫންކަމަށެވެ. ނަމަވެސް ރަމަޟާން މަހު ކުރަން މަސައްކަތްކުރެއެވެ. ރަމަޟާން މަސް އައުމުން ކުރަން އުޅުމުން ކުރިން އެކަން ނުކުރާ މީހުންނަށް އެކަން އޮންނަނީ ވަރަށް ބުރަކަމަކަށްވެފައެވެ. ވީހާ ކުރުކޮށް ތަރާވީޙް ނަމާދުކުރާ މިސްކިތްތަކަށް ދާން އުޅެވެނީ އެހެންވެގެންނެވެ.

 

ވީމާ މިހާރުންސުރެ ވިތުރިގެ 3 ރަކްޢަތް ކުރަން ފަށާށެވެ. އަދި އެންމެ ދެރަކްޢަތުން ނަމަވެސް ތަހައްޖުދު ނަމާދުވެސް ކުރންފަށާށެވެ. އެއިރުން މީހާ އެކަމަށް ހޭނޭނެއެވެ. ރަމަޟާން މަސް އައުމުން އެއީ ކުރަން ބުރަކަމަކަށްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން