ގެއްލުން ނުވާނެ ވިޔަފާރިއެއް ކުރަން ބޭނުންތޯ؟

ކިޔުމަށް ހޭދަވާނީ 1މ 34ސ
ގެއްލުން ނުވާނެ ވިޔަފާރިއެއް ކުރަން ބޭނުންތޯ؟

- ޢާއިޝަތު ޢަލީ

 

ކުރަންޖެހޭ ކަމަކީ: 

1- ޤުރުއާން ކިޔެވުން

2- ނަމާދު ޤާއިމުކުރުން

3- ސިއްރާއި ފާޅުގައި ﷲ ގެ މަގުގައި ހޭދަކުރުން 

(إِنَّ الَّذِينَ يَتْلُونَ كِتَابَ اللَّهِ وَأَقَامُوا الصَّلَاةَ وَأَنفَقُوا مِمَّا رَزَقْنَاهُمْ سِرًّا وَعَلَانِيَةً يَرْجُونَ تِجَارَةً لَّن تَبُورَ)

سورة فاطر: 29 

މާނައީ: "ހަމަށަވަރުން، اللَّه ގެފޮތް ކިޔަވައި، އަދި ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ސިއްރާއި ފާޅުގައި ހޭދަކޮށްއުޅޭ މީހުންނީ، ގެއްލުން ނުވާނެ ވިޔަފާރިޔަކަށް އެދޭ ބަޔެކެވެ." 

- ޝައިޚް އަޙްމަދު ރިމާޒް 

(މިއީ ހަނދުމަކޮށްދިނުމެކެވެ. ދުނިޔަވީ ވިޔަފާރިތަކުން ބައެއްފަހަރު ބޮޑެތި ގެއްލުންތައް ލިބުނަސް، ރިބާއަށް ލޯނު ނަގައިގެންވެސް ގިނަ ބައަކު ކުރަން ބޭނުންވަނީ ދުނިޔަވީ ވިޔަފާރިއެވެ. އެވިޔަފާރިއަކުން އެއްވެސް ގެއްލުމެއް ނުވާނެ އަދި ދުނިޔެއާއި އާޚިރަތުގައި ފައިދާކުރާނެ މި މަތިވެރި ވިޔަފާރިމަތިން ގިނަ ބައަކު މިވަނީ ހަނދާން ނައްތާލައިފައެވެ. ޣާފިލުވެފައެވެ.)

 

މިއަދު އޮންލައިން