ކައިވެންޏަށްފަހު ކިތަންމެ ގާތް އެކުވެރިން ތިބިނަމަވެސް އެމީހުންގެ ކުރިއަށް ބައިވެރިޔާގެ ކަންކަން ނުނެރެ ހަމަޖެހުމެއް، އުފާވެރިކަމެއްވެސް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ކައިވެންޏަށްފަހު ކިތަންމެ ގާތް އެކުވެރިން ތިބިނަމަވެސް އެމީހުންގެ ކުރިއަށް ބައިވެރިޔާގެ ކަންކަން ނުނެރެ ހަމަޖެހުމެއް، އުފާވެރިކަމެއްވެސް ނުލިބޭނެ!

ދުނިޔެއަށް އުފަންވެ އުޅެ ބޮޑުވުމުން އެންމެ މުހިންމުވާންޖެހޭނީ ތިމާގެ މައިންބަފައިންގެ ކަންކަމެވެ. އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މައިންބަފައިންނަށް ޚިދުމަތްކުރުން މުހިންމު ކަމުގައި ލައްވަވާފައިވަނީ އެސަބަބަށްޓަކައެވެ. 

ހަމައެފަދައިން ކިތަންމެ ގާތް އެކުވެރިން ތިބިނަމަވެސް ކައިވެންޏަށްފަހު އިސްކަންދިނުން އޮތީ ބައިވެރިޔާށެވެ. އެއީވެސް އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. އެއީ އުފާވެރި ޒަވާޖީ ޙަޔާތަކަށް އެންމެ ބޮޑަށް ބޭނުންވާނީ އަދި އެންމެ މުހިންމުވާނީވެސް ބައިވެރިޔާ ކަމުގައިވާތީއެވެ. 

ކަންމިހެން އޮތް ނަމަވެސް ކައިވެންޏަށްފަހުގައިވެސް އެކުވެރިންނަށް އެބަ އިސްކަން ދެވެއެވެ. ބައިވެރިޔާގެ ބަހަށްވުރެ އެކުވެރިންގެ ބަސް ޤަބޫލުކުރެވޭތަންވެސް އެބަފެނެއެވެ. އެއީވެސް ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ކަންބޮޑުވާންވީ އެކުވެރިން ބުނެފާނެ ބަހަކަށް ނޫނެވެ. ބައިވެރިޔާއަށެވެ. ތިމާއަށް ކުރިމަތިވާ ކަންކަމުގެ ހުރިހާ ޒިންމާތަކެއް އުފުލަން ތިބާ އާއިއެކުގައި ހުންނާނެ މީހަކީ ބައިވެރިޔާ ކަމުގައިވާތީއެވެ. 

އެކުވެރިންނާއި ގާތް އެކުވެރިން ގެންގުޅުމަކީ މައްސަލައެއް ނޫނެވެ. އެމީހުންނަކީ ހެޔޮލަފާ ބައަކު ކަމުގައިވާނަމަ އެކަމުން ފައިދާތަކެއްވެސް ކުރާނެއެވެ. ނަމަވެސް ނަމަވެސް އެކުވެރިން ރުހުން ހޯދުމުގެ ބޭނުމުގައި ބައިވެރިޔާ ބޭނުންވާ ގޮތް ޤުރްބާން ނުކުރާށެވެ! ބައިވެރިޔާގެ ރުހުން ނުލިބޭ ގޮތަށް އެކުވެރިންނާއި ގުޅުން ނުބާއްވާށެވެ. 

ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދެވޭނީ އެކަލާނގެ ރުހިވޮޑިގަންނަވާނެ މަގުން ޢަމަލުތައް ބަހައްޓައިގެންނެވެ. އެންމެ މުހިންމީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން