ތިމާއަށްޓަކާ މިސްކިތް ކަރުނައަޅާ މީހަކަށް ވިޔަނުދޭން މިހާރުންސުރެ އަވަހަށް މަސައްކަތް ފަށާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ތިމާއަށްޓަކާ މިސްކިތް ކަރުނައަޅާ މީހަކަށް ވިޔަނުދޭން މިހާރުންސުރެ އަވަހަށް މަސައްކަތް ފަށާށެވެ!

ނަމާދު ނުކުރުމަކީ އެއްވެސް މީހަކަށް އޮތް އިޚްތިޔާރެއް ނޫނެވެ. ކޮންމެ މުސްލިމަކަށްވެސް ފަރުމޫވެގެންވާ 5 ނަމާދު ކޮންމެ ދުވަހަކުވެސް އަދާކުރަންޖެހެއެވެ. އެހެންވީމާ ނަމާދުނުކޮށް ހުރުމަކީ އެއްވެސް މުސްލިމެއްގެ އިޚްތިޔާރުގައި އޮތްކަމެއް ކަމަކަށް ނުހެދޭނެއެވެ. 

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ޤަޞްދުގައި ނަމާދުނުކޮށް ހުންނަ މީހާ އެހުންނަނީ ދީނުން ބޭރުވެގެންނެވެ. ސަބަބަކީ އަޅާ އާއި ކާފިރުކަމާއި ދެމެދުގައި އޮތީ ނަމާދު އަޅައިފުމެވެ. ނަމާދު އެޅުމެވެ. 

ހަމައެކަނި ތިމާ ނަމާދުކުރުމަކުން ނުފުދެއެވެ. އަނބިދަރިން ލައްވައި ނަމާދުކުރުވަން ޖެހެއެވެ. އަދި ފިރިމީހާ ނަމާދުނުކުރާނަމަ އެކަމަށް އަނބިމީހާ ބާރުއަޅަންޖެހެއެވެ. ޢާއިލާ ނަމާދުކުރާނަމަ އެޢާއިލާއަކަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވަތެވެ. 

ރަމަޟާން މަސް އައިސް ބައްދަލުކުރަނީ ނަމާދުކުރާ މީހުން ގިނަވެ މިސްކިތްތައް ފުރިގެންދާނެއެވެ. ފަހުދިހަ ނިމެންދާއިރު މިސްކިތްތައް ކަރުނައަޅައެވެ. މިސްކިތަށް އައިސް އުޅުނު ގިނަ ބައަކު ގެއްލިގެން ދިއުމުންނެވެ. ތިމާއާއި ހުރެ މިސްކިތް ކަރުނައަޅަންޖެހޭނެ މީހަކުކަމުގައި ނުވުމަށް މިހާރުންސުރެ ގަދައަޅައި މަސައްކަތް ފަށާށެވެ. ފަރުޟު 5 ނަމާދު އަދާކުރާ މީހަކަށްވާށެވެ. ނަމާދު ޤާއިމްކުރާ މީހުންގެ ތެރެއިން ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

ސުވާލު:. ނަމާދު ކުރާ އަންހެނަކާ ނަމާދުނުކުރާ ފިރިހެނަކާ މި ދެމީހުންގެ ކައިވެނި ޞައްޚަ ވާނެ ތޯ؟ މިސާލަކަށް އަނބިމީހާ އަކީނަމާދު ކުރާ މީހެއް! ފިރިމީހާއަކީ އެއްގޮތަކަށްވެސް ނަމާދު ނުކުރާމީހެއް! މި ދެމީހުންގެ ކައިވެނި ޞައްޚަ ވާނެތޯ؟ 

ޖަވާބު:. ކައިވެނި ޞައްޚައެއް ނުވާނެ އިނގޭތޯ! ނަމާދުނުކުރާ ފިރިހެނަކާ ކައިއިވެނި ޞައްޚައެއް ނުވާނެ.

-- ޑރ. މުޙައްމަދު އިޔާޟް ޢބްދުއްލަޠީފް

 

މިއަދު އޮންލައިން