މި 3 ކަންތައް ހަނދާނުގައި ބަހައްޓާނަމަ ފާފަކުރުމުން ސަލާމަތްވެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
މި 3 ކަންތައް ހަނދާނުގައި ބަހައްޓާނަމަ ފާފަކުރުމުން ސަލާމަތްވެވޭނެ! އިން ޝާ ﷲ

ފާފަކުރަން ިތަށް އަރައިފިނަމަ އެކަމުން ސަލާމަތްވުމަށް 3 ކަމެއް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!

1 ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާކަން

(ކޮންމެ މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަން ﷲ ތަޢާލާ ވަގުތުން ދެކެދެނެވޮޑިގެންވެއެވެ.

2 މަލާއިކަތް ބޭކަލުން ތިމާގެ ޢަމަލުތައް ލިޔުއްވަވާކަން

(ކުރާ ކޮންމެ ޢަމަލެއް އެމީހެއްގެ ފަތުގައި ﷲ ތަޢާލާ ލިޔުއްވަވައެވެ.)

3 ތިބާ ހީވެސް ނުކުރާހައި ގާތުގައި މަރުވާކަން

(މަރުވާނެ ވަގުތެއް ހަމައެކަކަށްވެސް ނުއެނގޭނެއެވެ. ހަމަކުއްލިއަކަށް މަރުވުން ދުނިޔޭގައި ދަނީ ގިނަވަމުންނެވެ.)

މި 3 ކަންތައް ހިތްމައްޗަށް ގެނެވިއްޖެ ނަމަ އެމީހެއްގެ ހިތުގައި ފާފަކުރަން ބިރުވެތިކަން އުފެދި ފާފަކުރުމުން ދުރުހެލިވެވޭނެއެވެ. އިން ޝާ ﷲ

--މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން