މުސްލިމުން ކަމުގައި ނުވިނަމަވެސް ޙަދީޘްފުޅުތަކުގައިވާ ވާހަކަތައް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ބަލައިގަނެ ހާމަކުރަންފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މުސްލިމުން ކަމުގައި ނުވިނަމަވެސް ޙަދީޘްފުޅުތަކުގައިވާ ވާހަކަތައް ދުނިޔޭގެ ބޮޑެތި ޢިލްމުވެރިން ބަލައިގަނެ ހާމަކުރަންފަށައިފި!

"މީހެއްގެ ވާހަކަ ދައްކާނަމަ އޭނާގެ ރަނގަޅުވާހަކަދައްކާށެވެ! އެއިރުން ތިބާއަކީ އެހެންމީހުންގެ އަގުވަޒަންކުރާ މީހަކުކަމުގައި މީސްތަކުންނަށް ޤަބޫލުކުރެވި އެހެން މީހުން ތިބާގެ އަގުވަޒަންކުރަން ފަށާނެއެވެ. 

އެއިގެ ބަދަލުގައި ތިބާއަކީ މީހުންގެ ނުބައި ވާހަކަތަކާއި މީހުންގެ ހުންނަ އުނިސިފަތަކުގެ ވާހަކަތައް ދައްކާ މީހަކު ކަމުގައިވެއްޖެނަމަ މީސްތަކުން ތިބާއަކީ ރަނގަޅު މީހެއްކަމުގައި ޤަބޫލެއް ނުކުރާނެއެވެ. އަދި ތިބާގެ ކިބައިގައި ހުންނަ އުނިސިފަތަކުގެ ވާހަކަތައްވެސް ދައްކަންފަށާނެއެވެ. 

ވީމާ މީހަކާއިމެދު ހެޔޮބަހެއް ބުނަން ބޭނުންނުވާނަމަ އޮތީ ބަހެއް ނުބުނެ ހަނުހުރުމެވެ. އެއިރުން އެހެން މީހުން ތިބާގެ ނުބައި ވާހަކައެއް ނުދައްކާނެއެވެ." 

މިބަޔާންކުރި ވާހަކަކޮޅަކީ އެއްވެސް ވަރަކަށް އިސްލާމް ދީނާއި ގުޅުންހުރި މީހަކު ބުނެފައިވާ ވާހަކަކޮޅެއް ނޫނެވެ. ނަމަވެސް ވަރަށް މަޝްހޫރު މީހަކު ބުނެފައިވާ ބަސްކޮޅެކެވެ. ފާހަގަކޮށްލަން ބޭނުންވަނީ މުސްލިމުން ކަމުގައި ނުވިނަމަވެސް ދުނިޔޭގެ އެންމެ މަޝްހޫރު ޢިލްމުވެރިން މިއަދު ވާހަކަ ދައްކަނީ ޤުރްއާނާއި ޙަދީޘްފުޅުތަކުން މަޢުލޫމާތު ހޯދައިގެން ކަމެވެ.

މުސްލިމަކު މިފަދަ ވާހަކަ ދައްކާނަމަ ޙަދީޘްފުޅު ނުވަތަ ޤުރްއާނުގެ އާޔަތް ބަޔާންކުރާނެއެވެ. އެމީހުންނަކީ މުސްލިމުން ކަމުގައި ނުވާތީ، އަދި އިސްލާމް ދީނާއި ދެކޮޅު މީހުން ކަމަށްވުމުން މަސްދަރު ބަޔާންކުރަން ބޭނުން ނުވަނީއެވެ. ލަދުގަންނަނީއެވެ. 

މިކަންކަން ހާމަކޮށްލުމުގެ ބޭނުމަކީ އެކިސިފަސިފައިގައި، އެކި ގޮތްގޮތުން މިއަދު ދުނިޔޭގައި އިސްލާމް ދީނަށް ލިބެމުން އަންނަ ކުރިއެރުން ފާހަގަކޮށް މުސްލިމުންނަށް ހިތްވަރުދިނުމެވެ. ދީނުގެ ހުރިހާ ކަންކަމުގައި ޘާބިތުވެ ތިބުމަށެވެ. ދީނަށް ނަބްރުދިނުމުގައެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން