އެންމެ ޒުވާން ޢުމުރުގައިވެސް ﷲ ތަޢާލާއަށް ބިރުވެތި ނުވެވި ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ ބައެއް ސަބަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އެންމެ ޒުވާން ޢުމުރުގައިވެސް ﷲ ތަޢާލާއަށް ބިރުވެތި ނުވެވި ރަނގަޅު ދިރިއުޅުމެއް ނުލިބޭނެ ބައެއް ސަބަބުތައް-

އިންސާނުންނަށް ދުނިޔޭގައި އުޅެވެން އޮތީ ކޮންމެވެސް ބައަކާއި ގުޅިގެންނެވެ. ތަނަވަސްކަން ހުރިނަމަވެސް އެކަނި ދުނިޔޭގައި އުޅެވޭނެ މީހަކު މަދުވާނެއެވެ. އެއީ އޭނާއަށް ޚިދުމަތްކުރާނެ ބައަކު ބޭނުންވާނެތީއެވެ.

ކޮންމެ މީހަކީވެސް ބައިވެރިއަކަށް ބޭނުންވާނެ މީހެކެވެ. ތަނަވަސްކަން ހުރިނަމަ މުވައްޒިފުން ބޭނުންވާނެއެވެ. އަދި ކޮންމެ މީހަކީވެސް އެކުވެރިންވެސް ބޭނުންވާނެ މީހެކެވެ. ދެން ބަލައިލަންވީ މިކަންކަމަށް ބޭނުންވާނީ ކޮންބައެއް ކަމެވެ.

1- ބައިވެރިއަކަށް ބޭނުމީ ﷲ އަށް ބިރުވެތިވާ މީހެކެވެ!

2- ވަޒީފާއަށް ބޭނުމީ ތެދުވެރިންނެވެ!

3- އެކުވެރިންނަށް ބޭނުމީ އިސްލާމް ދީނަށް ޢަމަލުކުރާ މީހުންނެވެ!

ކަންކަމަށް މީހުން އިޚްތިޔާރުކުރާއިރު ކިތަންމެ ވަރަކަށް ބެލިނަމަވެސް އެއްވެސް މީހެއްގެ ބޭރުފުށުގެ ސިފައަކުން ކުރާނެ ފައިދާއެއް ނެތެވެ! ކިތަންމެ ރީތި ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިނުވާ މީހަކާއިއެކު ދިރިއުޅުމަކީ މުސްލިމަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ތެދުވެރިކަން ނެތްނަމަ ވަޒީފާއަކު ނުގެންގުޅެވޭނެއެވެ. އަދި އިސްލާމް ދީނަށް ޢަމަލުނުކުރާ މީހަކު އެކުވެރިއެއްކަމުގައި އިޚްތިޔާރުކޮށްފިނަމަ އެމީހެއްގެ އާޚިރަތް ގެއްލުން އޮތީ ދާދި ގާތުގައެވެ.

ވީމާ ވިސްނާށެވެ! ހުރިހާ ކަމެއް ގުޅިފައިމިވަނީ ﷲ ތަޢާލާއަށް ބިރުވެތިވާ މިންވަރުގެ މައްޗަށެވެ. އެހެންކަމުން އޮތީ އެންމެ ޒުވާން ޢުމުރުން ފެށިގެންވެސް ﷲ ތަޢާލާއަށް ބިރުވެތިވުމެވެ. ރަނގަޅު ބައިވެރިއަކާއިއެކު ދިރިއުޅެވޭނީވެސް، ވަޒީފާގައި ދެމިހުރެވޭނީވެސް އަދި ރަނގަޅު މީހުން ތިމާއަކީ އެކުވެރިއެއް ކަމަށް ބަލައިގަންނާނީވެސް އެއިރުންނެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން