ބިރުވެތިވޭ! އާޚިރަތަށް ގެންދާނެ އެއްޗެއް ޖަމާ ނުކުރެވޭ ނިކަމެތި ފަޤީރެއްގެ ގޮތުގަ ދުނިޔެ ދޫކުރަން ޖެހިދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ބިރުވެތިވޭ! އާޚިރަތަށް ގެންދާނެ އެއްޗެއް ޖަމާ ނުކުރެވޭ ނިކަމެތި ފަޤީރެއްގެ ގޮތުގަ ދުނިޔެ ދޫކުރަން ޖެހިދާނެ!: މުފްތީ މެންކް

ބައެއް މީހުންނަށް ހީވަނީ ރަނގަޅު ޞިއްހަތެއް ލިބިފައިވާތީ ނުވަތަ ތަނަވސްކަމާއި އާރާއި ބާރު ލިބިފައިވާތީ ތިމާއަށް ދެރަގޮތެއް މެދުވެރިނުވާނެ ކަމަށެވެ. އެއްވެސް މުޞީބާތެއްވެސް ކުރިމަތިނުވާނެ ކަމަށެވެ.

ދަންނާށެވެ! ކޮންމެ ވަގުތަކު ކޮންމެ ކަމެއްވެސް މެދުވެރިވެދާނެއެވެ. ބޮލުން އިސްތަށްޓެއް ވެއްޓޭހައި ފަސޭހައިން ކޮންމެ ފަދަ މުޞީބާތެއްވެސް މެދުވެރިވެދާނެއެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއްގެތެރޭގައިވެސް މެދުވެރި ނުވާނެ ކިތަންމެ ބޮޑު މުޞީބާތެއްވެސް ނުވެއެވެ.

ބުނަންހެއްޔެވެ؟ މާދަމާ ލިބޭނެ ކަމުގެ ޔަޤީންކަން އޮތް ހަމައެކަކުވެސް މިދުނިޔެއަކު ނެތެވެ. ވީމާ މިއަދުގެ ފައިދާ ނެގެން އޮތް އެންމެ ބޮޑަކަށް ނަގާށެވެ! އެކަން ކުރެވޭނީ މިއަދަކީ ވީހައި ގިނަ އަޅުކަން ކުރާ ދުވަސް ކަމަށް ހަދަން މަސައްކަތްކޮށްގެންނެވެ!

ވިސްނާށެވެ! ދުވަސް ކާމިޔާބުކުރެވޭނީ އަޅުކަން ކުރުން އެންމެ އިސްކޮށްގެން ދުވަހުގެ ކަންކަން ތާވަލުކޮށްގެންނެވެ! އެނޫން ގޮތަކަށް ވިސްނާ މީހާގެ އުމުރު ނިމިގެންދާނީ ބޭކާރު ގޮތުގައެވެ! އާޚިރަތަށް ގެންދާނެ އެއްޗެއް ޖަމާ ނުކުރެވޭ ނިކަމެތި ފަޤީރެއްގެ ގޮތުގައެވެ

 

މިއަދު އޮންލައިން