ތަނަކަށް ތަދުވާނަމަ ފަސޭހައިން ކޮށްލެވިދާނެ ރުޤްޔާއެއް- ސުންނަތުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތަނަކަށް ތަދުވާނަމަ ފަސޭހައިން ކޮށްލެވިދާނެ ރުޤްޔާއެއް- ސުންނަތުން

ޢާއިޝާ رضي الله عنها ވިދާޅުވިއެވެ. 

"ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަހުލުގެ ތެރެއިން ބައެއް ބޭކަލުންނަށް އެކަލޭގެފާނު ރައްކާތެރިކަން ހޯއްދަވާ ދެއްވުމަށްޓަކައި އެކަލޭގެފާނުގެ ކަނާއަތްޕުޅު (ތަދުވާތާނގައި) އަޅުއްވައެވެ. ދެން އެއަށްފަހު ވިދާޅުވެއެވެ. 

((اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً لَا يُغَادِرُ سَقَمًا))  

މާނައީ: "އޭ ﷲ! މީސްތަކުންގެ ވެރި ރައްބެވެ! އުނދަގޫތައް ދުރުކުރައްވާނދޭވެ! އަދި ޝިފާ ލައްވާނދޭވެ! އިބަ އިލާހީ ޝިފާދެއްވާ އިލާހީމެވެ. އިބައިލާހުގެ ޝިފާ ފިޔަވާ އިތުރު ޝިފާއެއް ނުވެއެވެ. އެ ޝިފާއަކީ (ވިދިގެން) ބަލިމަޑުކަމެއް ދޫނުކުރާ ޝިފާއެއްކަމުގައި ލައްވާނދޭވެ!" 

ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަވަހާރަވުމުގެ އާލާސްކަންފުޅުގައި ތިމަންކަމަނާ އެކަލޭގެފާނުގެ އަތްޕުޅު އެކަލޭގެފާނަށް އުނދަގުލެއްވާ ތަނެއްގައި ބީއްސުމަށްފަހު މިފަދައިން ކަންތައް ކުރަމެވެ. "

رواه البخاري و مسلم] 

- އަލްއަޚް އަބޫ ފުޟައިލް މުއުތަމިން އަޙްމަދު

 

މިއަދު އޮންލައިން