ރަމަޟާން މަހު ހީވާގިވާން މިހާރުންސުރެ މަސައްކަތް ފަށަންވީ! އިމާމާއެކު ތަރާވީސް ނިންމަން މިހާރުންސުރެ ތަމްރީނުވެ ތައްޔާރުވާންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ރަމަޟާން މަހު ހީވާގިވާން މިހާރުންސުރެ މަސައްކަތް ފަށަންވީ! އިމާމާއެކު ތަރާވީސް ނިންމަން މިހާރުންސުރެ ތަމްރީނުވެ ތައްޔާރުވާންޖެހޭނެ!

ރަމަޟާން މަސް ގާތްވަމުން އަންނައިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭނެ އެއްކަމަކީ ރޭއަޅުކަމަށް ތައްޔާރުވުމެވެ. އެގޮތުން އެންމެ ކުޑަމިނުން އިމާމް މީހާ ނިންމަންދެން ފަހަތުގައި ތަރާވީޙް ނަމާދުކުރުމަކީ އެންމެ މުހިންމު އެއްކަންތަކެވެ.  

މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބޭނީ ތަރާވީޙް ނަމާދުގައި އިމާމް ނިމެންދެން އިމާމާއިއެކުގައި ބައިވެރިވެއްޖެނަމައެވެ. މިސާލަކަށް އިމާމް މީހާ 8 ރަކްޢަތް ކުރާނަމަ 2 ރަކްޢަތްކޮށްފައި ފައިބައިގެން ދިއުމަކުން މަޤްޞަދު ޙާޞިލެއް ނުކުރެވެއެވެ. 

ބަރަކާތްތެރި ރަމަޟާން މަސް ދާދިގާތްވެއްޖެއެވެ. އެއީ ހެޔޮކަމުން ފުރިގެންވާ މައްސަރެވެ. އެހެންކަމުން ވީހައި ގިނަ ހެޔޮ އަމަލުތައް ކުރެވޭތޯ ބަލަން ވާނެއެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ވާނެއެވެ. އުޅުމާއި ގުޅުންތައް އިޞްލާޙްކުރަން ވާނެއެވެ. 

ރަމަޟާން މަހަކީ އެ މައްސަރެއްގައި ކީރިތި ޤްރުއާން ބާވައިލައްވަން ފެށްޓެވި މައްސަރަށް ވީތީވެ ވީހައި ގިނައިން ޤްރްއާން ކިޔަވަންވާނެއެވެ. ތަރާވީޙް ނަމާދުގައި އިމާމް ނިމެންދެން އިމާމާއިއެކުގައި ބައިވެރިވެ ނަމާދުކޮށްފިނަމަ މުޅި ރޭ އަޅުކަންކުރި ކަމުގެ ސަވާބު ލިބޭނެއެވެ. އިން ޝާ ﷲ! 

ކުރިމަތިވަމުން އަންނަ ރަނުގެ ފުރުޞަތު ނަންގަވައި ނުލައްވަވާށެވެ! މިހާރުންސުރެ ޢިޝާ ނަމާދަށްފަހު ވިތުރީގެ 3 ރަކަޢަތްކުރަމުން ގެންދާށެވެ! ތަރާވީޙް ނަމާދުގައި ގިނަ ވަގުތު ހުރުމަށް ބޭނުންވާ ތަމްރީނު ހޯދަން އަވަހަށް މަސައްކަތް ފަށާށެވެ!  

 

- އިސްލމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން