ގެއަށް އުފާވެރިކަމާ ތަނަވަސްކަން ބޭނުން ހެއްޔެވެ؟ ގޭގެ އެންމެންގެ ވަށައިގެން ދުވާލަކު ދިހަވަރަކަށް މިނިޓަށް ނަމަވެސް ރަޙްމަތުގެ މަލާއިކަތުން ތިއްބަވާ ގެއަކަށް ހަދާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ގެއަށް އުފާވެރިކަމާ ތަނަވަސްކަން ބޭނުން ހެއްޔެވެ؟ ގޭގެ އެންމެންގެ ވަށައިގެން ދުވާލަކު ދިހަވަރަކަށް މިނިޓަށް ނަމަވެސް ރަޙްމަތުގެ މަލާއިކަތުން ތިއްބަވާ ގެއަކަށް ހަދާށެވެ!

ގިނަ ބައަކަށް ﷲ ތައާލާ މިންވަރުކުރައްވަވާ ރަޙްމަތް އެންމެ ފުރިހަމަ ގޮތުގައި ނުލިބެނީ އެމީޙުންގެ ސަބަބުން ކަމަށް ބުނެވޭނެ ސަބަބުތައް ބައިވަރެވެ. އެމީހުންނަށް ބަލައިގަންނަން ނުއެނގޭތީއެވެ. މަރުޙަބާ ކިޔަން ނުއެނގޭތީއެވެ. 

އެގޮތުން ގިނަ ބައަކަށް އެންމެ ގިނައިން ކުރެވޭ އެއްކަމަކީ އެގެއަކަށް ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައިގަތުމަށް ހުރަސް އެޅުމެވެ.  

އަހަރެމެންގެ ތެރެއިން ގިނަ ބައަކަށް އެންމެ ގިނައިން ކުރެވޭ އެއްކަމަކީ ގޭގެ އެންމެން އެއްވެލައިގެން ތިބެ ފިލްމް ނުވަތަ ކުޅިވަރު ބެލުން ފަދަ ކަންކަމެވެ. އެހެނަސް އެފިލްމުން ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ މަންޒަރުތައް ފެންނަނަމަ، ﷲ ތަޢާލާ އަންގަވާފައިވާ މިންވަރަށް އައުރަ ނިވާ ނުކުރާ މީހުން ފިލްމުން ނުވަތަ ކުޅިވަރުން ފެންނަނަމަ ރަހްމަތުގެ މަލާއިކަތުން އެތަނަކާއި ކައިރިވެވަޑައެއް ނުގަންނަވާނެއެވެ. 

އެއިގެ ބަދަލުގައި ގޭގެ އެންމެން އެއްވުލުމުން ރަޙަމްތުގެ މަލާއިކަތުން އެއެންމެން ވަށައިލައްވަވާނެ ޢަމަލު ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އަހުރެން ކުރަން ބޭނުންވާ ސުވާލަކީ އެގެއެއްގެ އެންމެން ވަށާލައްވައިގެން ރަހްމަތުގެ މަލާއިކަތުން ކޮންމެ ދުވަހަކު ތިއްބަވާގެއަކަށް (އެގޭގެ މީހުންނަށް) އުނިވާނީ ކޮން ނިޢްމަތެއް ހެއްޔެވެ؟  

އަހުރެން ބުނާނީ އެބައަކު ތިބޭނީ ﷲ ތަޢާލާގެ ރަޙްމަތުން ފުރިގެނަ ކަމަށެވެ. ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަހެވެ. މިހާރުންސުރެ އެކަމަށް ތައްޔާރުވުން ކީއްހެއްޔެވެ؟  

ޙަދީޘްގައި އައިސްފައިވެއެވެ.  

(لَا يَقْعُدُ قَوْمٌ يَذْكُرُونَ اللهَ عَزَّ وَجَلَّ إِلَّا حَفَّتْهُمُ الْمَلَائِكَةُ، وَغَشِيَتْهُمُ الرَّحْمَةُ، وَنَزَلَتْ عَلَيْهِمِ السَّكِينَةُ، وَذَكَرَهُمُ اللهُ فِيمَنْ عِنْدَهُ) 

މާނައީ: "އެއްވެސް ބަޔަކު ﷲ عزّ وجلّ މަތިން ހަނދުމަކުރުމަށްޓަކައި އިށީނދެއްޖެކަމުގައިވާނަމަ، މަލާއިކަތުން އެބަޔަކު ވަށާލައްވައި، އަދި ރަޙުމަތް އެބަޔަކު ފޮރުވާލައި، އަދި އެބައެއްގެ މައްޗަށް ހިތްހަމަޖެހުން ފައިބައި، އަދި ﷲ އެކަލާނގެ ޙަޟްރަތުގައިވާ މަލާއިކަތުންގެ އަރިހުގައި އެބައެއްގެ މަތިން ހަނދުމަނުކުރައްވާ ނުދެއެވެ."

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން