ބައިވެރިޔާ ވިޔަސް އެހެން މީހަކުވެސް ރުޅިގަދަކުރާނަމަ ޢުމަރުގެފާނުގެ ބަސްފުޅު ހަނދާންކޮށްލްދޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ބައިވެރިޔާ ވިޔަސް އެހެން މީހަކުވެސް ރުޅިގަދަކުރާނަމަ ޢުމަރުގެފާނުގެ ބަސްފުޅު ހަނދާންކޮށްލްދޭށެވެ!

އެންމެންވެސް ރުޅި އަންނާނެއެވެ. އެއީ އިންށާނުންގެ ޠަބީޢަތުގައި ލައްވަވާފައިވާ ކަމެކެވެ. މައްސަލައަކަށްވަނީ ރުޅި ކޮންޓްރޯލް ނުކުރެވުމެވެ. ތިމާގެ އަތުން ރުޅީގެ ކޮންޓްރޯލް ގެއްލި ރުޅިއަށް ތިމާގެ ކޮންޓްރޯލު އަތުލައިގަނެވޭ ކަމެވެ. އެޙާލަތު މެދުވެރިކުރުވަނީ ޝައިޠޯނާއެވެ. 

ބައިވެރިޔާ ވިޔަސް އަދި އެހެން މީހަކު ވިޔަސް ރުޅިގަދަކުރާނަމަ ޢުމަރުގެފާނުގެ މިބަސްފުޅު އެމީހަކަށް ހަނދާންކޮށްލައިދޭށެވެ!

ޢުމަރުގެފާނުގެ ބަސްފުޅު: "ދީނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭނީ ރިވެތި އަޚްލާޤުންނެވެ." 

މިބަސްފުޅުން އެނގެނީ އިސްލާމް ދީން މަތިވެރިކޮށް ދީނަށް ނަޞްރުދޭން އެދޭ މީހާ ބުނާ ބަސްތަކާއި ކުރާ ޢަމަލުތަކުގެ ކުރިއަށް ހިނިތުންވުމާއި އޯގާތެރިކަމާއި އެހީތެރިކަމާއި ރިވެތި އަޚްލާޤީ ސިފަތައް ނެރެންޖެހޭނެ ކަމެވެ. 

ވީމާ ރުޅިގަދަކުރާ މީހާ ގާތު ވަރަށް އަދަބުވެރިކަމާއިއެކު ބުނާށެވެ! "ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހަކަށްވާށެވެ! ރުޅިގަދަކުރީމާ އެދެވެނީ އެކަމާދުރަށެވެ. ރިވެތި އަޚްލާޤް އިސްކޮށް ދީނަށް ނަޞްރު ދިނުމުން ތިބާއަށް ހެޔޮ ރަޙްމަތް ލައްވަވާނެތެވެ." 

މީހަކު ބުނި ވާހަކައެއްވެސް ބުނެލާނަމެވެ. 

"އަޅުގަނޑުގެ ބައިވެރިޔާއަކީ ވަރަށް ފަސޭހައިން ރުޅި އަންނަ މީހެކެވެ. އޭނާ ރުޅި އައިސްގެން ކަންކަން ކުރަންފަށާއިރަށް ބުނަމެވެ. "އަހުރެންގެ ލޯބިވާއެވެ! ތިބާ ރުޅި އައިމާ ތިބާގެ މޫނުގެ ސިފަ ވަރަށް ހުތުރު ސިފައަކަށް ބަދަލުވެއެވެ. އެ ހުތުރު ސިފަ މޫނުގައި ހަރުލައިފިއްޔާ މީސްތަކުންނަށް ތިބާ ފެންނާނީ ހާދަ ސިފަ ހުތުރު މީހެއްގެ ގޮތުގައެވެ."   

ނަތީޖާއަކަށްވީ މަޑުމަޑުން އޭނާ ބަދަލުވާން ފެށުމެވެ. ރުޅި އައިނަމަވެސް އަވަހަށް ކޮންޓްރޯލްކުރަން މަސައްކަތް ފެށުމެވެ." 

މިހުރީ ހަމަ ބޭނުންކުރެވިދާނެ އުކުޅުތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން