ޝަހުވާނީ އެދުންތަކާ ޝައިތާނާގެ ވަސްވާހުން އެންމެ އަވަހަށް ރައްކާތެރިވެވޭނެގޮތަކީ ކޮބައިތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ޝަހުވާނީ އެދުންތަކާ ޝައިތާނާގެ ވަސްވާހުން އެންމެ އަވަހަށް ރައްކާތެރިވެވޭނެގޮތަކީ ކޮބައިތޯ؟

ގިނަބައަކަށް އެންމެ ބޮޑަށް ކެތްތެރި ނުވެވޭ އެއްކަމަކީ ޝަހްވާނީ އެދުންތައް ކަމުގައި ޤަބޫލުކުރަންޖެހެއެވެ. ޚާއްޞަކޮށް އެކަމުގައި ޝައިޠޯނާ ދައްކާ ހުވަފެންތަކެވެ. ވީމާ ޝަހުވާނީ އެދުންތަކާއި ޝައިތާނާގެ ވަސްވާހުން އެންމެ އަވަހަށް ރައްކާތެރިވެވޭނެގޮތަކަށް ދީނުގައި އޮތް މަގު ދަސްކުރަން އެބަޖެހެއެވެ. 

ތިރީގައިވާ ލިޔުމުން އެކަމަށް އެހީތެރިކަން ލިބިލައްވާނެއެވެ! އިން ޝާ ﷲ 

ޝަހުވާނީ އެދުންތަކާއި ޝައޮޠޯނީ ވަސްވާސްތަކުން ސަލާމަތްވެ ރައްކާތެރިވުމަށްޓަކައި އިސްލާމް ދީނުގައި ޒުވާނުންނަށް އިރުޝާދު ދެއްވާފައިވަނީ އަވަހަށް ކައިއިވެނި ކުރުމަށެވެ. 

ކީރިތި ރަސޫލާ ހަދީޘް ކުރައްވަނީ يَا مَعْشَرَ الشَّبَابِ  އޭ ޒުވާނުންނޭވެ! " يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ الْبَائَة فَلْيَتَزَوَّجْ " ތިޔަބައި މީހުންގެ ތެރެއިން ކާއިވެނި ކުރުމުގެ ކުޅަދަނަކަން ލިބިފައިވާ މީހާ ކާއިވެނި ކުރާ ހުށިކަމެވެ. "فَإِنَّهُ أَغَضُّ لِلْبَصَرِ وَأَحْصَنُ لِلْفَرْجِ " ސަބަބަކީ ކާއިވެނިކުރުމަކީ އެއީ އޭނާގެ ބެލުންތައް ތިރިކޮށްދޭނެ ކަމެކޭ. އަދި އޭނާގެ ފޮރުވިފައިވާ ގުނަވަން ރައްކާތެރިކޮށްދޭނެ ކަމެކޭ." 

فمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ އެކަމުގެ ކުޅަދާނަކަން މާނައަކީ ކައިއިވެނި ކުރުމުގެ ކުޅަދާނަކަން އެ މީހެއްގެ ކިބައިގައި ނެތްކަމަށްވަނީނަމަ فَعَلَيْهِ بِالصَّوْمِ އޭނާއަށް އޮތީ ރޯދަ ހިފުމެވެ. فَإِنَّهُ لَهُ وِجَاءٌ އެކަމުގައި އޭނާއަށް ރައްކާތެރިކަމެއް ހުއްޓެވެ. 

އެހެންވީމާ އެފަދަ ކަންތައް ތަކުން ސަލާމަތް ވުމަށްޓަކައި ޝަހުވާނީ އެދުމުން ސަލާމަތް ވުމަށްޓަކައި ހަމަ އެންމެ މުހިންމު ކަމަކީ ވީ އެންމެ އަވަހަކަށް ކައިވެނި ކުރުމެވެ. ކާއިވެނި ކުރުމުގެ ކުޅަކާނަކަން ނެތްކަމަށްވަނީނަމަ، ރޯދަ ހިފައިގެން އެކަން ކޮންޓްރޯލް ކުރަން މަސައްކަތްކުރުމެވެ. ދެންހަމަ އެއާއެކު އީމާންކަން ވަރުގަދަ ކުރުމަށްޓަކައި ކަންތައް ކުރުމަކީވެސް އެއީ ވަރަށްމުހިންމު ކަމެކެވެ. 

ކޮންމެ ދުވަހަކުވެސް ޤުރުއާނުން ކޮންމެވެސް މިންވަރެއް ކިޔެވުމާއި، ހެނދުނާ ހަވީރުގެ ޛިކްރުތައް ކިޔުމާ ވީހާވެސް ހެޔޮލަފާ ޞާލިޙް ރަޙްމަތްތެރިން އިޚްތިޔާރު ކުރުމާ، އަދި ދަރުސްތަކާ އަދި އެހެންވެސް ދީނީ އިރުޝާދުތައްދެވޭ ޕްރޮގްރާމް ތަކުގައި ބައިވެރިވެ އެކަންތައްތަކުގެ ފައިދާ ލިބިގަތުމަށް މަސައްކަތްކުރުމާ، މިފަދަ ކަންތައްތަކަކީ އެއީ މީހާގެ އީމާންކަން އިތުރުވެގެން ދާނެ ކަންތައްތަކެވެ. انشاء الله 

އެހެންވީމާ އީމާންކަން އިތުރުވެގެން ދިޔަ މިންވަރަކުންވެސް އެފަދަ ކަންތަކުން ސަލާމަތް ވުމަށް ބާރަކަށްވެގެން ދާނެ!. انشا ءالله 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން