ޢާއިޝަތު ރަފާޙް ޢަލީ
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَصُومُ حَتَّى نَقُولَ لَا يُفْطِرُ وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ فَمَا رَأَيْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ
މާނައަކީ: ‘‘ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ”އެއްގޮތަކަށް ވެސް ރޯދަ ނުކަނޑުއްވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވައެވެ. އަދި ރޯދަ ނުހިއްޕަވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ނުހިއްޕަވާ ދޫކޮށްލައްވައެވެ. އަދި ރަމަޟާން މަސް ފިޔަވާ އެހެން މަހެއް އެއްކޮށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަން، ތިމަން ކަމަނާ ނުދެކެމެވެ. އަދި ޝަޢްބާން މަހުގައި ރޯދަ ހިއްޕަވާހާ ގިނައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށްވެސް ނުދެކެމެވެ.”
ރަމަޟާން މަހަށް ތައްޔާރުވާން ޝަޢްބާން މަހުގައި ކުރެވިދާނެ ބައެއް ހެޔޮ ޢަމަލުތައް:
· ގިނަގިނައިން ރޯދަހިފުން
· ސުންނަތް ނަމާދުތައް ގިނަކުރުން
· ގިނަގިނައިން ޤުރްއާން ކިޔެވުން
· ދުޢާ ކުރުން
· ދަމުނަމާދު ކުރުން
މިއިން ކޮންމެ ޢަމަލަކީވެސް އެހެން މަސްތަކަށްވުރެ ގިނައިން ރަމަޟާން މަހު ކުރަންޖެހޭނެ ކަންކަމެވެ. ވީމާ ރަމަޟާން މަހަށް ތައްޔާރުވުމަށްޓަކައި މިފަދަ ޢަމަލުތައް ވީހާ ގިނައިން ކުރަމުން ގެންދާށެވެ.