"މަރުޙަބާ ރަމަޟާން": ހިފާ ރޯދަތަކަށާ ކުރިއަޅުކަމަށް އެންމެ ފަހުރޭ އުޖޫރަ ދެއްވަވާނެ! ފަރުވާކުޑަކޮށްލައިގެން ވާކަށް ނެތް!: ޑރ. އާދަމް ޝަމީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
"މަރުޙަބާ ރަމަޟާން": ހިފާ ރޯދަތަކަށާ ކުރިއަޅުކަމަށް އެންމެ ފަހުރޭ އުޖޫރަ ދެއްވަވާނެ! ފަރުވާކުޑަކޮށްލައިގެން ވާކަށް ނެތް!: ޑރ. އާދަމް ޝަމީމް

އަޅުގަނޑުމެން ގޮތަށް ކުރީގެ އުއްމަތްތަކުގެ މީހުން ރޯދަ ހިފީ އެބައިމީހުންނަށް ރޯދަ ޝަރުޢު ކުރެއްވުނު. ނަމަވެސް ރަމަޟާންމަސް އިސްލާމީ މި އުއްމަތަށް މުޙައްމަދިއްޔަ އުއްމަތަށް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ، އެކަލޭގެފާނަށް ތަބާވާމީހުންނަށް ﷲ ސުބުޙާނަހޫ ވަތަޢާލަ ޚާއްސަ ކުރެއްވިއޭ 5 މަގަކުން 5 ގޮތަކުން. 

ރޯދަވެރިޔާގެ އަނގައިގެ ވަހަކީ މަސްކަށްވުރެން މީރުވަހެއް ކަމުގައި އެއަށްވުރެން މާތްވެގެންވާ މަތިވެރިވެގެންވާ ވަހެއް ކަމުގައި ލެއްވި. ﷲ ގެ ޙަޟްރަތުގަ އެކަލާންގެ ލޯބިވެވޮޑިގަންނަވާ މުއުމނު އަޅާ ރޯދައަށް ހުންނާތީވެ އޭނާގެ އަނގައިން ދުވާ ވަސް. ސުބްޙާނަﷲ. ކިހާ މަތިވެތި އަޅުކަމެއްތޯ. 

މަލާއިކަތް ބޭކަލުން ރޯދަވެރިޔާ ރޯދަވީއްލުމަށް ދާންދެން މުޅި ދުވާލުހަތަރުދަމު ރޯދަވެރިޔާ އަށްޓަކައި ފާފަ ފުއްސެވުން އެދި ދުޢާކުރައްވާ. އަޅުގަނޑުމެންގެ ފާފަ ފުހެވުމަށްވުރެން ވަކިން މޮޅު ކޮންކަމެއްތޯ އޮތީ. ސުބްޙާނަﷲ މާރިފު ޝައިޠާނުން ކަސްތޮޅު އަޅުވާ ހައްޔަރު ކުރެވޭ. އެހެން މޫސުންތަކުގައި މުސްލިމުތަކުން މަގު ފުރައްދަން، މުއުމިނުތަކުން ވާވައްދަން އައިސް އެބައި މީހުންނަށް އުނދަގޫކުރާފަދައިން ވަސްވާސްދޭފަދައިން ރަމަޟާން މަހުގައި އެމީހުންނަކަށް ކައިރިއެއް ނުވެވޭ. ﷲ އަކްބަރް. 

ދެން އޮތްކަންތައް އެނގިލައްވާތޯ.

(ޙަދީޘް)

" ﷲ ސުބުޙާނަހޫ ވަތަޢާލާ ރަމަޟާންމަހުގެ ކޮންމެ ދުވަހަކު އެކަލާންގެ ޖަންނަތު ޒީނަތްތެރި ކުރައްވައެވެ. ސުވަރުގެ ޒީނަތްތެރި ކުރައްވާ ރީތި ކުރައްވާ. އަދި އެ ސުވަރުގެ ވަޙީކުރައްވާ- 

" ތިމަން އިލާހުގެ އަޅުތަކުންކުރެ ރޯދަވެރިން އެބައިމީހުންގެ ބޮލުގައި އެޅިފައިވާ ރަމަޟާންމަހާ ޝަރުއީ ތަކްލީފުތައް އެމީހުންގެ ކިބައިން ދުރުކުރެވި ތިބާގެ ގާތަށް އަންނަވަގުތު އައިސް ޖެހިއްޖޭ ކައިރި ވެއްޖޭ. މާތް ﷲ ޖަންނަތަށް މުޚާތަބު ކުރައްވާ ސުވަރުގެއަށް މުއުމިނުންގެ މި ރަމަޟާންމަހާ ގުޅިގެން އެބައިމީހުންގެ ފަރާތުން އުފާވެރި ޚަބަރު ދެއްވަނީ. ސުބްޙާބަﷲ

އަދި އެންމެ ފަހުކަންތައް. ﷲ އަކްބަރ ވަރަށް ފުރިހަމަ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ 

" ރަމަޟާންމަހުގެ އެންމެ ފަހުރޭގަ ރޯދަވެރިންނަށް ފާފަ ފުއްސަވައޭ. ރަމަޟާންމަހުގެ އެންމެ ފަހުރޭގަ ރޯދަވެރިޔާގެ ހުރިހާ ފާފައެއް ﷲ ތަބާރަކް ވަތަޢާލާ ފުއްސަވާ. އަޞްޙާބް ބޭކަލުން ދަންނަވަނީ ﷲ ގެ ރަސޫލާއޭ އެއީތޯއޭ ލައިލަތުލް ޤަދްރިވިލޭރޭ. ޙަދީޘް ކުރައްވަނީ

(ޙަދީޘް)

" އެއީ ލައިލަތުކްޤަދްރިވިލޭރޭ ވެގެނެއް ނޫނޭ. ލައިލަތުލްޤަދްރިވިލޭރެއެއް ނޫނޭ. އެހެންނަމަވެސް ޢާމިލުމީހާ މަސައްކަތަކަށް ގެންނަމީހާ އޭނާގެ އުޖޫރަ ފުރިހަމަ ކޮށްދެވޭނޫންހޭ އޭނާ މަސެއްކަތް ނިންމީމަ. އެގޮތުން ރަމަޟާންމަހުގެ ފަހުރޯދައާއި އެކުގަ ﷲ ތަބާރަކަ ވަތަޢާލާ އެބައިމީހުންގެ ފާފަތައް ފުއްސަވާ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތަޢުފީޤު ދެއްވާށި. 

އަދި ނުނިމޭ 

- އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބުރާސްފަތިދުވަހުގެ ރޭ "މަރުޙަބާ ރަމަޟާން" ގެ ނަމުގައި ޑރ. އާދަމް ޝަމީމް ދެއްވި ދަރުސުން

 

 

މިއަދު އޮންލައިން