ޤިޔާމަތްވާނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އެންމެ މީހަކުވެސް ދުނިޔޭގަ ނެތް ޙާލަތަށް ދިއުމުން-: ޝައިޚް ފަރިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ޤިޔާމަތްވާނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ އެންމެ މީހަކުވެސް ދުނިޔޭގަ ނެތް ޙާލަތަށް ދިއުމުން-: ޝައިޚް ފަރިދު

އަޅުގަނޑުމެން މިއަދު އަދި ބިރުގަންނަވީ މިހާރުން މިހާރަށް ޤިޔާމަތްވެދާނެތީއެއް ނޫނެވެ! ޤިޔާމަތްވުމުގެ ކުރިން ދައްކަވާނެ ބޮޑެތި ޢަލާމާތްތައް އަދި ނުދައްކަވައެވެ. ފެންނަމުންދަނީ ކުދި ޢަލާމާތްތަކެވެ.

ބިރުގަންނަންވީ އީމާންކަމާއި ދުރަށް ދެވޭތީއެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ މަގުން ކުރިއަށް ދެވޭތީއެވެ. ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ އަޅެއްގެ ގޮތުގައި މަރުވާންޖެހިދާނެތީއެވެ. ޢާޚިރަތް ދުވަހާއި ބައްދަލުވާން އަދި ކިތަންމެ ގިނަ ދުވަސްތަކެއް އޮތް ނަމަވެސް އެމީހެއްގެ ފުރާނަ ހިއްޕެވުމުން އެއޮތީ އެމީހަކަށް ޤިޔާމަތްވެފައެވެ.

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ހިތަށް ބިރުވެރިކަން ވަންނާނެއެވެ! އިން ޝާ ﷲ

އާދެ! އުންމަތުގެ ފަހުކޮޅުގާ ކިރިޔާވެސް އެމީހެއްގެ ހިތުގާ ޛައްރެއްގެ މިންވަރުވެސް އީމާންކަންވާމީހާ ރެވިއޮށެއްގެ މިންވަރުވެސް އީމާންކަންވާ މީހެއްގެ މަރު ﷲ ސުބްޙާނަހޫ ވަތަޢާލާ ގަންނަވާނެ. އާދެ ކުއްލިއަކަށް އަތުވެދާނެ ފިނިފިނި ވައެއް އެފިނިވައިޖެހިފާ ދުނިޔޭގާ ތިބި އީމާންކަމުގެ ޒައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައިވާ މީހުން އެމީހުން މަރުގަންނަވަފާނެ. އެމީހުން ފަރުބަދައެއްގެ ހޮހަޅައެއްގެ ތެރެޔަށް ވަނަސް އެފިނިވައި އެތަނަށްވަދެ އެބައިމީހުން މަރައިފާނެ. އެބައިމީހުންގެ މަރުގަންނަވަފާނެ.

ދެން ތިބޭނީ އެންމެ ނުބައިމީހުން " لَا تَقُومُ السَّاعَةُ إِلَّا عَلَى شِرَارِ الْخَلْقِ " ޤިޔާމަތް ޤާއިމް ނުވާހުއްޓޭ ބިންމަތީގައިތިބި އެންމެނުބައިމީހުންގެ މައްޗަށް މެނުވީ " لاتَقُومُ السَّاعَةُ حَتَّى يُقَالَ: اللَّهُ اللَّهُ " ބިންމަތީގަ ﷲ ﷲ މިހެން ނުކިއިއްޖައުމަށް ދާންދެން ޤިޔާމަތެއް ނުވާނެ. ޤިޔާމަތްވާނީ ބިންމަތީގާ ﷲ ﷲ މިހެން ނުކިޔޭ ޙާލުގައޭ.

އާދެ އަޅުގަނޑުމެން ﷲ މަތިން ހަނދުމަވެސް ނުވާ ޙާލުގައޭ. ބިންމަތީގަ ނެތޭ ﷲ ހަނދުމަ ކުރާ މީހަކު ﷲ މިހެން ބުނެލާމީހަކުވެސް ނެތް. އެހިސާބުން ޤިޔާމަތްވާނެ އޭގެ ކުރިޔަކުން އިންޝާﷲ ޤިޔާމަތެއް ނުވާނެ!

--ޝައިޚް އިބްރާހީމް ފަރީދު އަޙްމަދުގެ ދަރުސަކުން

މިއަދު އޮންލައިން