ރަހްމަތް ލެއްވެވުން އެދިގެންނާ ކުރަން ބޭނުންވާ ކަންކަން ފަސޭހަކޮށްދެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް- ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރަހްމަތް ލެއްވެވުން އެދިގެންނާ ކުރަން ބޭނުންވާ ކަންކަން ފަސޭހަކޮށްދެއްވެވުން އެދި ކުރެވިދާނެ ދުޢާއެއް- ޤުރްއާނުން-

އަހުރެމެން އަބަދުވެސް ތިބެންވީ ﷲ ތަޢާލާގެ ތަނަވަސް ރަޙްމަތަށް އެދި ދުޢާކުރުންމަތީގައެވެ. އަދި ދަތި އުނދަގޫ ޙާލަތުތަކުން ސަލާމަތް ކުރެއްވެވުން އެދި ދުޢާކުރުންމަތީގައެވެ. ދުޢާއަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ. އަދި ގިނަގިނައިން ދުޢާކުރުމަތީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އިތުރުވެގެންދާނެ ޢަމަލެކެވެ. އިން ޝާ ﷲ

މިއީ ކީރިތި ޤުރުއާނުގައި އައިސްފައިވާ ބައެއް ޖާމިޢު ދުޢާތަކުގެ ތެރެއިން ދުޢާއެކެވެ!  

﴿رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا﴾ [سورة الكهف ۱٠]  

މާނައީ: "އަޅަމެންގެ ވެރިރައްބެވެ. އިނބައިލާހުގެ ހަޟުރަތުން އަޅަމެންނަށް ރަހުމަތެއް ދެއްވާނދޭވެ. އަދި އަޅަމެންގެ ކަންތައް  ފަސޭހަކޮށްދެއްވާނދޭވެ."  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން